ރެއިންބޯ ސްޓާފް އެކަމަޑޭޝަނުން ތިން މޯބައިލް ފޯނު ވަގަށް ނެގި މީހަކު ހޯދަން ފުލުހުން ވީޑިއޯއާއިއެކު އާންމުންގެ އެހީއަށް އެދިއްޖެއެވެ.
ފުލުހުން ބުނެފައިވަނީ މި މީހަކީ 2021 އޭޕްރީލް 13 ވަނަ ދުވަހުގެ ވަގުތެއްގައި ރެއިންބޯ ސްޓާފް އެކަމަޑޭޝަނުން ތިން މޯބައިލް ފޯނު ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއްކަމަށެވެ.
މީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ވަނީ އެދިފައެވެ.
މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 484557 ކަމަށް ފުލުހުން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ