ޖިންސީގޯނާކުރި މައްސަލާގައި 38 އަހަރު މީހަކު ހައްޔަރުކޮށްފި

ޖިންސީގޯނާކުރި މައްސަލާގައި 38 އަހަރު މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
31 މެއި 2021 12:09
0

މެދު ރާއްޖެތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ އަނިޔާ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ މިމަހުގެ 29 ވަނަ ދުވަހުގެރޭ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ މިމައްސަލާގައި ކޯޓު އަމުރުގެ ދަށުން 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އަނިޔާ ލިބިފައިވާ ކުއްޖާއަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެކުއްޖާގެ އާއިލާއާއެކު މަސައްކަތްކުރަމުންދާކަން ޖެންޑަރ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މައްސަލައާއި ގުޅިގެން ކަމާއި ގުޅުންހުރި ހުރިހާ އިދާރާތަކަކާއެކު މަސައްކަތްކުރަމުންދާކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި ކުއްޖާގެ ކަރާމާތަށް ގެއްލުންވާނެ ފަދަ ގޮތަކަށް ސައްޙަ ނޫން މަޢުލޫމާތު ޙިއްސާނުކުރުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ކުޑަކުދިންގެ ކަރާމާތައް އުނިކަން އަންނަގޮތަށް، ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އާންމުކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާތީ ޤާނޫނާއި ޚިލާފުވާނެ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ޢަމަލު ނުކުރެއްވުމަށްވެސް ޖެންޑަރ މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.