މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މުޅިރާއްޖެއަށް ވައިޓްއެލާޓް ނެރެފި

މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މުޅިރާއްޖެއަށް ވައިޓްއެލާޓް ނެރެފި

Author
މުޙައްމަދު ޝަޒައިމް
31 މެއި 2021 09:51
0

މިއަދުވެސް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައަރާނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.

މެޓް އޮފީހުން ވަނީ މިއަދުވެސް ރާއްޖޭގެ މޫސުން ގޯސްވާނެތީ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައެވެ. އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 10:00 އިން ދަންވަރު 3:00 އާއި ހަމައަށެވެ. މި ސަރައްހަދުތަކުގައި ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވެ އުދައަރާނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާ އިން ބުނީ ރާއްޖޭގެ ދެކުނުގެ އެކި ހިސާބަށް ކެރީގެ އަސަރުފޯރާނެ ކަމަށާއި އަދި ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ. އެހެން ހިސާބުތަކަށް މޫސުން އާއްމު ގޮތެއްގައި ރަގަޅުވާނެ ކަމަށެވެ. ރާއްޖޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 4 – 7 ފޫޓު ހުންނާނެ ކަމަށެވެ.

އެ އިދާރާއިން އިތުރަށް ބުނީ، ރާއްޖޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.