2021 އައިރުވެސް އާއިލީ ވެރިކަމަށް ބަދަލެއްނާދޭ، އިންސާފެއް ނުލިބޭ: އަލީ ހުސެއިން

2021 އައިރުވެސް އާއިލީ ވެރިކަމަށް ބަދަލެއްނާދޭ، އިންސާފެއް ނުލިބޭ: އަލީ ހުސެއިން

Author
މުޙައްމަދު ޝަޒައިމް
30 މެއި 2021 09:08
0

ރާއްޖޭގައި އާއިލީވެރިކަމުގެ ވާހަކަ ދައްކަމުން ދާތާ ގިނައަހަރުތަކެއްވެ، އެކަން ނިންމުމަށްޓަކައި 2021 ވަނަ އަހަރާއި ހަމައަށް ކުރެވުނު މަސައްކަތުންވެސް ނުކުތް ނަތީޖާއެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަލްއުޘްތާޒު މައުމޫން އަބްދުލް ގައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަން ނިންމުމަށް އެންމެ ބޮޑަށް އޭރު ގެންގުޅުނު ޝިއާރުތަކަކީވެސް އާއިލީ ވެރިކަމާއި ހުދުމުހުތާރު ވެރިކަން ނިމުމަށް ގެނައުމެވެ. އަދި އޭރެ އިންސާފު ނުލިބި މައްސަލަތައް ހައްލު ނުވާކަމަށް ދެއްކެވި ވާހަތަކާއިއެކު ވެރިކަން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ނިމި، މިއަދާއި ހަމައަށް އައިއިރުވެސް އޭރުގައި ދެއްކެވި ވާހަކަތަކަށް މިއަދާއި ހަމައަށްވެސް ހައްލު ލިބިފައި ނުވާކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

އާއިލީ ވެރިކަން 2008 ވަނަ އަހަރުން ފެށިގެން ނިމޭނެކަމަށް އުންމީދު ކުރިނަމަވެސް 2021 ވަނަ އަހަރުގެ މިހަތަނަށްވެސް އެކަން ފިލައިގެން ނުދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއަދުވެސް ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކާއި، ރައްޔިތުންނަށްގެ ތެރެއިން އެތައްބަޔަލަށް ލިބެންޖެހޭ އިންސާފު ނުލިބި އެތައްކަންބޮޑުވުމެއް އޮތްކަމީ ފެންނަން އޮތް ހަގީގަތްކަމަށެވެ.

ދިވެހިން ހީކޮށްގެން ތިބީ 11 ނޮވެންބަރ 2008 އިން ފެށިގެން ޢާއިލީ ވެރިކަން ރާއްޖޭގައި ނިމުމަކަށް އައީ ކަމަށް. އެހެނަސް 2021 އައިއިރުވެސް އެކަން ބަދަލެއް ނުވޭ. އެއް ޢާއިލާއަކަށް ހުރިހައި ބާރުތަކެއް ލިބުނީމާވެސް އިންސާފެއް ނުލިބޭ. މައްސަލަތައް ޙައްލެއްނުވޭ.

– އަލީ ހުސެއިން ވިދާޅުވިއެވެ.

އާއިލީ ވެރިކަމާއި ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކުރި އެއްބަޔަކީ މިއަދު ވެރިކަން ކުރަމުންދާ މައިޕާޓީ އެމްޑީޕީއެވެ. ނަމަވެސް 2008 ވަނަ އަހަރު އުފެދުނު ރައީސް ނަޝީދުގެ ވެރިކަމުގައިވެސް އަދި މިހާރު އޮތް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައިވެސް އާއިލީ ބޭފުޅުންނާއި ގާތްތިމާގެ ބޭފުޅުން ދައުލަތުގެ އެކި މަޤާމުތަކަށް އައްޔަން ކުރާ މައްސަލާގައި ގިނަ ބައެއްގެ ކަންބޮޑުވުން ދަނީ ފާޅު ކުރަމުންނެވެ.

މީގެ އިތުރުން ގެއްލިފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ އައިލާތަކަށް އިންސާފު ހޯދުމާއި، ކޮރަޕްޝަންގެ މައްސަލަތައް ބަލައި އެފައިސާ ދައުލަތަށް ހޯދުމަކީ މިސަރުކާރުގެ ވައުދެކެވެ. ނަމަވެސް ވެރިކަމުގެ ދައުރުގެ ދެއަރާއި ބައި ވެފައިވާއިރުވެސް މިއިން ކަމަކަށް ހައްލު ނުހޯދި ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.