ފިނޮޅުގައި ކޯރުކެނޑި މައްސަލާގައި ގިލި ލަންކަންފުށި ފަސްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ފިނޮޅުގައި ކޯރުކެނޑި މައްސަލާގައި ގިލި ލަންކަންފުށި ފަސްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

Author
މުޙައްމަދު ޝަޒައިމް
30 މެއި 2021 05:52
0

މާލެއަތޮޅު ހިންމަފުށީ ކައިރީ އޮތް ފިނޮޅެއް އެސަރަޙައްދުގައި އޮންނަ ގިލިލަންކަންފުށި ރިސޯޓުގެ މުވައްޒިފުން އަރައި ދިން މައްސަލާގައި އެރިސޯޓް 5،00،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ހިންމަފުށީ ކައިރީގައި އޮތް މިފިނޮޅު ހަލާކުރި މައްސަލަ ޢާއްމުންނާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައީ ސޯޝަލް މީޑިއާއިން ނަމަވެސް މިކަމުގެ ރިޕޯޓް ރަސްމީކޮށް ފުލުހުންނާއި އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން އީޕީއޭއަށް ހުށަހެޅީ ހިންމަފުށީ ކައުންސިލުން ކަމަށް އެކައުންސިލުން މަޢުލޫމާތުދެއްވައެވެ.

އީޕީއޭއާއި، ފުލުހުން ކުރި ތަހުގީގުގައި މިމައްސަލާގައި ހިންމަފުށްޓާއި ގިލި ލަންކަންފުށި މޯލްޑިވްސް ރިޒޯޓާއި ދެމެދު އޮންނަ ފިނޮޅަށް ގިލި ލަންކަންފުށި މޯލްޑިވްސް ރިޒޯޓުގެ މުވައްޒަފުންތަކެއް އަރައި، އެ ފިނޮޅުގެ ހުރަހަށް ފެން ދައުރުވާނެ ގޮތަށް ފަސްގަނޑު ކޮނެ، އެ ފިނޮޅުގެ ވެލިގަނޑު ގިރައިގެން ދާނެ ގޮތަށް ކޯރު ކަނޑާފައިވާކަން ފާހަގަވެފައިވާކަމަށެވެ. އަދި ފިނޮޅުގެ ތިން ސަރަހައްދަކުން ކޯރު ކެނޑުމުނެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

މިކަމުގެ ސަބަބުން ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ ޖޫރިމަނާގެ ޖުމްލަ ޢަދަދު ކަމަށްވާ 5,62,980.00 (ފަސްލައްކަ ފަސްދޮޅަސް ދެހާސް ނުވަސަތޭކަ އަށްޑިހަ) ރުފިޔާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އީޕީއޭއިންވަނީ ގިލި ލަންކަންފުށި މޯލްޑިވްސް ރިޒޯޓް ޕްރައިވެޓް ލިމިޓެޑުގެ އޮޕަރޭޓަރ، ޕްރޯމަސް ޕްރައިވެޓް ލިމިޓެޑަށް އަންގަފައެވެ.

ހިންމަފުށި ކައުންސިލުން މައުލޫމާތުދެއްވި ގޮތުގައި ފިނޮޅުގެ އެއްކޮޅުން އަނެއްކޮޅަށްވާގޮތަށް ކޯރު ކަނޑާފައިވުމުގެ ސަބަބުން މިހާރު ފިނޮޅުވަނީ ވަރަށް ބޮޑަށް ގިރައިގެންގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.