މިދިޔަ ބުދަ ދުވަހުގެރޭ ޒުވާނަކު މަރުވި އެކްސިޑެންޓްގައި މަޑުނުކޮށް ދިޔަ މީހާ ދެނެގަނެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ބުދަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓްގައި ވަނީ ޢުމުރުން 22 އަހަރުގެ ޒުވާނަކު މަރުވެފައެވެ.
ފުލުހުން ބުނީ، މިއެކްސިޑެންޓް ހިނގީ ގަލޮޅު ހުވަފެނީ ގޯޅީގައި ބާވާފައި އޮތް ގާޑިޔާއެގައި އެމަގުން ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެން ކަމަށެވެ. އެކްސިޑެންޓުގައި މަރުވީ ގާޑިޔާގައި ޖެހުނު ސައިކަލުގެ ފަހަތުގައި އިން ޒުވާނެކެވެ. އޭނާ މަރުވީ އެކްސިޑެންޓުގައި ލިބުނު ޒަޚަމްތަކަށް އޭޑީކޭގައި ފަރުވާދެ،މުން ދަނިކޮށެވެ.
މި ނުރައްކާތެރި އެކްސިޑެންޓުގައި ހިމެނޭ ސައިކަލް ދުއްވި މީހާވަނީ އެޗްސިޑެންޓްވުމާއެކު އެސަރަހައްދުގައި މަޑުނުކޮށް ގޮސްފައިކަމަށް ފުލުހުން ބުންޏެވެ. ފުލުހުން މިއަދު ބުނީ އެމީހާމިހާރު ދެނެގަނެވިފައިވާކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ކޮމެންޓު ފޮނުވާ