އިސްލާމީ ވެރިއެއްގެ އަސާސީ މަސްއޫލިއްޔަތަކީ ދީން ޙިމާޔަތްކުރުންކަމަށް ވާއިރު، ބަލިމަޑުކަމުގެ ޙާލަތުގައިނަމަވެސް، މިސްކިތްތައް އެއްކޮށް ބަންދުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވެފައިމިވަނީ، ކޯވިޑް-19އާއި ގުޅިގެން އެޅި ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގައި މިސްކިތްތަކުގައި ނަމާދު ނުކުރެވޭގޮތަށް ބަންދުކުރުމާއި ގުޅިގެންނެވެ.
ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވީ، އިސްލާމީ ވެރިއެއްގެ އަސާސީ މަސްއޫލިއްޔަތަކީ ދީން ޙިމާޔަތްކޮށް، ދީނުގެ ޙުކުމްތަކާ ޚިލާފުނުވާނޭ ގޮތެއްގެ މަތިން ދުނިޔަވީ ސިޔާސަތު ރާވައި ހިންގުން ކަމުގައިވާއިރު، ބަލިމަޑުކަމުގެ ޙާލަތުގައިވިއަސް މިސްކިތްތައް އެއްކޮށް ބަންދުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި ތަބާވާންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒްކުރުމާއެކުވެސް މިސްކިތްތަކުގައި ނަމާދުކުރެވެންވާނެކަމަށް ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވިއެވެ.
ތަބާވާންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ‘އިންފޯސް’ ކުރުމާއެކު މިސްކިތްތަކުގައި ނަމާދުކުރެވެންވާނެ!
— Dr. Ahmed Abdulla Didi (@AABDULLADIDI) May 29, 2021
ކުރީގެ އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވެފައިވާއިރު، މާލެ ސަރަހައްދުގެ މިސްކިތްތަކަށް އަރައި ނަމާދު ކުރާ ފަރާތްތައް ޖޫރިމަނާކުރަން ފަށާފައިވާކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުންނާއ ދީނީ ބައެއް ޢިލްމުވެރިން އަންނަނީ ފާޅުކުރަމުންނެވެ. މިގޮތުން މިސްކިތަށް އެރި ބައެއް މީހުންވަނީ އެމީހުން 1000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.
ލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިސްލާމިކް މިނިސްޓްރީން މެއި 19، 2021 ގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަންއެންގުމަށް ފަހު މިސްކިތުން ފެން ކަނޑައި މިސްކިތްތަކުގައި ތަޅުއަޅުވާފައިވާތީވެސް އެފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ.
ކޮމެންޓު ފޮނުވާ