އަލްހާން ފަހުމީއަށް ދިން ހަމަލާއާއި ޑރ.އަފްރާޝިމް ޢަލީ އަވަހަރާކޮށްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ތަހުގީގް ނުކުރާކަމަށާއި، ނަމަވެސް ރައީސް ނަޝިދަށް ދިން ހަމަލާ މަޖިލީހުން ތަހުގީގްކުރަނީ ވަކި ބޭފުޅަކަށް ވީމަތޯ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ސުވާލުކުރައްވައިފިއެވެ.
މިމަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާ ރައްޔިތުންގެ މަޖިލީހުންވެސް އަންނަނީ ބަލަމުންނެވެ. އެގޮތުން ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓިން އެ މައްސަލަ ތަހުގީގްކުރަމުން އަންނައިރު، މަޖިލީހުގެ ތަޅުމަށްވެސް މައްސަލަ ހުށައަޅުއްވާ މެންބަރުން ވަނީ ބަހުސްކުރައްވާފައެވެ.
އެކަމަށް އިޝަރާތްކުރައްވާ އަލްހާން ފަހުމީ ވިދާޅުވީ، އެމަނިކުފާނަށާއި، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝިމް އަލީ އަަހާރަކޮށްލި މައްސަލަ މަޖިލީހުން ތަހުގީގް ނުކުރާކަމަށެވެ. ނަމަވެސް މައްޗަށް ގޮޅި މެދު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދަށް ވުމުން ވަކި ގޮތެއް ވާންޖެހެނީ ކީއްވެގެންތޯ އަލްހާން ސުވާލުކުރެއްވިއެވެ. އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި، މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ޓެގްކުރައްވާ ވިދާޅުވީ، އެބޭފުޅުން އުޅުއްވިންތޯ ސުވާލުކުރެއްވިއެވެ.
އަޅުގަނޑު މަރާލަން ދިން ހަމަލާ އާއި ޑރ އަފްރާޝީމްގެ މަރު ރައްޔިތުންގެ މަޖްލިހަކުން ތަހުގީހެއް ނުކުރޭ! މައްޗަންގޮޅި މެދު ދާއިރާ މެމްބަރު @MohamedNasheed އަށް ވީމާ ވަކި ގޮތެއް ވާން މިޖެހެނީ ކީއްވެހެންތޯ؟ @ibusolih @evattey ތިބޭފުޅުން އޭރު އުޅުއްވިންތޯ؟ ހަނދުމަފުޅުވޭތޯ؟ #ތިލަފަތް؟ pic.twitter.com/iz703JyS1c
— ????? ????? – ?? (@AlhanFahmy) May 28, 2021
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން ބަލަމުން އަނަނައިރު، ކަމާ ގުޅުންހުރި ފަރާތްތައް ހާޒިރުކޮށް ދަނީ ސުވާލުކުރަމުންނެވެ. އަދި ފުލުހުން ވަނީ އެ މައްސަލާގައި މިހާތަނަށް 4 މީހަކު ހައްޔަރުކުރިކަން ހާމަކޮށްފައެވެ. އަދި އިތުރު ބައެއް މީހުންވެސް ހައްޔަރުކޮށްފައިވެއެވެ.
2012 ވަނަ އަހަރުގެ އޮކްޓޯބަރު 1 ވަނަ ދުވަހުގެ ރޭ ޑރ.އަފްރާޝީމް އަވަހާރަކޮށްލި މައްސަލައާއި ގުޅިގެން ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރިއެވެ. އޭގެ ތެރެއިން އެ މައްސަލަ ސާބިތުވީ ހ. ލޮބީ ހުސެއިން ހުމާމުގެ މައްޗަށް އެކަންޏެވެ.
ކޮމެންޓު ފޮނުވާ