އިންޑިއާއަކީ ރާއްޖޭގެ "ބޮޑު ބޭބެ"ކަމަށް ބުނާއިރު، ދިވެހިންނަށް އޮންއެރައިވަލް ވިސާ ނުލިބެނީ ކީއްވެ؟

އިންޑިއާއަކީ ރާއްޖޭގެ "ބޮޑު ބޭބެ"ކަމަށް ބުނާއިރު، ދިވެހިންނަށް އޮންއެރައިވަލް ވިސާ ނުލިބެނީ ކީއްވެ؟

Author
މުޙައްމަދު ޖިމީ
29 މެއި 2021 11:01
0

އިންޑިއާއަކީ ރާއްޖޭގެ ބޮޑު ބޭބެކަމަށް ސަރުކާރުން ބުނާއިރު، އެޤައުމުން ދވެހިންނަށް އޮން އެރައިވަލް ވިސާ ނުލިބެނީ ކީއްވެގެންތޯ ވިދާޅުވެ، ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ސުވާލު އުފައްދައިފިއެެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމްކުރުމުން، ވިސާ ހޮދުން ކަންކަމުގައި އައްޑޫ ރައްޔިތުންނަށް ފަސޭހަތަކެއް ވެގެންދާނެކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވުމުން، އެ ވާހަކަތަކަށް ރައްދުދެއްވާ އުޝާމް ވިދާޅުވީ، ސްރީލަންކާ، މެލޭޝިއާ ސިންގަޕޫރުފަދަ ޤައުމުތައް ހިމެނޭހެން ރާއްޖެއަށް އޮންއެރައިވަލް ވިސާ 80 ޤައުމަކަށް އެތެރެވުމަށް ލިބޭކަމަށެވެ. ނަމަވެސް ސަރުކާރުން ބުނާގޮތުން އިންޑިއާއަކީ ރާއްޖޭގެ ބޮޑުބޭބެކަމަށާއި، ބޮޑުބޭބެގެ ހައިސިއްޔަތުން ސިޔާސަތުތައް ބަދަލުކޮށް ރާއްޖެއަށް އޮން އެރައިވަލް ވިސާ އެޤައުމުން ލިބޭގޮތް ނުހަދަނީ ކީއްވެގެންތޯ ސުވާލު ކުރެއްވިއެވެ.

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް އިންޑިއާ ސަރުކާރުގެ ކެބިނެޓުން ވަނީ ނިންމާފައެވެ. ނަމަވެސް ރައީސް ވިދާޅުވެފައިވަނީ އައްޑޫގައި އިންޑިއާގެ ކުންސިއުލޭޓެއް ޤާއިމްކުރުމާމެދު އަދި ދިވެހި ސަރުކާރުން ގޮތެއް ނިންމާފައި ނުވާކަމަށެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް މިދިޔަ އަންގާރަ ދުވަހު އެ ގައުމުގެ ކެބިނެޓުން ވަނީ ނިންމާފައެވެ. ރައީސް ވިދާޅުވީ، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަކީ އެގައުމުގެ ނިންމުމެއް ކަމަށާއި، ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން އެއް ފަރާތުން އަނެއް ފަރާތަކަށް އެދޭ އެދުންތައް ފުރިހަމަކުރަން ދެކެވެން ޖެހޭ ވާހަކަތައް އެކަމުގައި ދެކެވޭނެކަމަށެވެ.

ރައީސް ވިދާޅުވީ، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ރާއްޖޭގެ ހައިކޮމިޝަނެއް ހުންނަ އިރު، އެ ގައުމުގެ ޓްރިވެންޑްރަމްގައި ރާއްޖޭގެ ކޮންސިއުލޭޭޓެއް ހުންނަ ކަމަށާއި، އެހެންކަމުން އިންޑިއާގެ ނިންމުމާ ދޭތެރޭވެސް ވިސްނަންޖެހޭކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.