ހުރިހާ ތަނެއް ހިންގަން ބޭރުމީހުން ނުލައި، މައި ސޯބު ބަދަލު ކުރަންވީ ނޫންތޯ؟: ޖަމީލް

ހުރިހާ ތަނެއް ހިންގަން ބޭރުމީހުން ނުލައި، މައި ސޯބު ބަދަލު ކުރަންވީ ނޫންތޯ؟: ޖަމީލް

Author
މުޙައްމަދު ޝަޒައިމް
28 މެއި 2021 02:13
0

ރާއްޖޭގެ ޒިންމާދާރު ވުޒާރާތަކުގެ ހިންގުމަށް ބޭރުގެ އެކި ބޭފުޅުން، އައްޔަން ކުުރުމުގެ ބަދަލުގައި، މިއަދު މައި ސޯބު ބަދަލުކުރުން މާއައުލާކަން ބޮޑުކަމަށް ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކި މުޒާހަރާތަކާއި، ކުންފުނިތަކުގެ އިސްވެރިންނަށް ބޭރުގެ މާހިރުންނާއި، ތަޖުރިބާކާރުން އައްޔަން ކުރަމުންދާ މައްސަލާގައި ކަންބޮޑުވުން ފާޅު ކުރައްވައި ޑރ.ޖަމީލް ވިދާޅުވީ ތަންތަން ނުހިނގުމުން އެތަންތަނަށް ބޭރު މީހުން އައްޔަން ކުރަމުންދަނީ ކޮން ނިޔަތެއްގައި ކަމަށާއި، މެދު ސުވާލު އުފެދޭކަމަށެވެ. ވަކި ވަކި ތަންތަނަށް އިޝާރާތް ކުރައްވަމުން ޑރ.ޖަމީލް ވިދާޅުވީ އެއާޕޯޓް ހިންގެވުމަށާއި، ފިނޭންސް މިނިސްޓްރީ ހިންގެވުމަށާއި، ރައީސް ނަޝީދުގެ ތަހުގީގަށްވެސް ބޭރު މީހުން އައްޔަންކޮށްގެން މިކުރައްވަން އުޅުއްވާ ކަމެއް ސާފު ނުވާކަމަށެވެ.

ފެނިގެންދަނީ އިޤްތިޞާދީ މިދަތި ދަނޑިވަޅުގައިވެސް ކޮންމެ އިސްމަޤާމެއްގެ މައްޗަށް ބޮޑު މުސާރައާއިއެކު ބޭރުމީހުން އައްޔަން ކުރާތަންކަމަށެވެ. މިކަމުން ޤައުމަށް ލިބޭ އެއްވެސް ކުރިއެރުމެއް ލިބިގެންނުދާއިރު، ޤައުމަށް އިތުރު އުޖާލާކަމެއް ހޯދުމަށް މިގޮތަށް ކަންކަން ޓެސްޓުކޮށް، ވެރިކަމުގައި ހުންނެވި ވެރިމީހާ ބަދަލު ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ނުވާނެތޯ ޖަމީލް ވަނީ ސުވާލު ކުރައްވާފައެވެ.

ތަޙްގީގުކުރަން އައްބާސް ކިޔާ އިނގިރޭސިއެއް. އެއަޕޯރޓް ހިންގަން ބޭރުމީހެއް. ބޭންކު ހިންގަން ބޭރުމީހެއް. އެންމެފަހުން ފިނޭންސް މިނިސްޓްރީ ހިންގަން ބޭރުމީހެއް. ބޮޑުމުސާރަދީ މިހުރިހާކަމެއް ނުކޮށް މައި ސޯބު ބަދަލު ކުރަން ވީ ނޫންތޯ؟ ކޮންމެ ކަމަކަށް ޑަބަލްކޮށް ޚަރަދުކުރުން ހެޔޮވެރިކަން؟

– ޖަމީލް ވިދާޅުވިއެވެ.

ސަރުކާރުގެ ހިންގެވުމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ މިދަނޑިވަޅުގައި ސަރުކާރުން ދަނީ ކަންކަން ރަނގަޅު ކުރުމަށް ބޭރުގެ އެކި ދާއިރާތަކުގެ މީހުން އެކި ނަންނަމުގައި އެކި މަޤާމުތަކަށް އައްޔަން ކުރައްވަމުންނެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަނެއްކާވެސް ވަނީ އިތުރުވެ، ސަރުކާރަށް ކިޔާ ފާޑުކިޔުން ވަނީ ގިނަވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޖ ޖަމާލު
ޖަމީލު އެވިދާޅު ވީވެސް ދޮގެއްނޫން. މުޅި ގައުމު ހިންގަން ބޭރުމީހުން.
ފ ފިނިފެންމާ
Aharen hithah arane ކީއްވެބާއޭ ޖަމީލަށް އެއްސޯބެއް ކައިރީގަ ހިފަހައްޓާ ނުލެވެނީ. އަޅެ ރަގަޅު ޖަވާބެއް ކުއްޖަކު ދީބަލަ.
ގ ގަފޫރު
ބަލަގަ މިގައުމުގަތިބީހުސްވަގުން ދެންކިހިނެއްހަދާނީބޭރުމީހުންނުލާ
މ މޮޮސަ
ޢޭތެދެއް ރައްޔިތުންނުރުހުނަސް މައިސޯބު ޑރ ޖަމީލާ ހަވާލުކޮއްދީ ވެރިކަމަކީﷲ ދެއްވާ ކަމެއްކަމެއްކަން ޑރކިޔަސް އަމިއްލައެދުންފަހަނައެޅީމައި އެގިގެނެއްނުވޭ