މިހާރު ފެންނަނީ އިންތިޒާމު ކުރެވި ހިނގާ، ނަތީޖާ ނެރޭ ކައުންސިލެއް: ފަޒީން

މިހާރު ފެންނަނީ އިންތިޒާމު ކުރެވި ހިނގާ، ނަތީޖާ ނެރޭ ކައުންސިލެއް: ފަޒީން

Author
މުޙައްމަދު ޝަޒައިމް
28 މެއި 2021 02:02
0

މާލެ ސިޓީ ކައުންސިލުން މިއަދު ފެނިގެންދަނީ އިންތިޒާމު ތަކާއިއެކު ދުރާލައި، އިންތިޒާމު ކުރެވި ވަރަށް ހަރުދަނާކަމާއިއެކު މަސައްކަތް ކުރެވޭ ނަތީޖާ ނެރޭތަން ކަމުގައި މާލެ ސިޓީ ކައުންސިލްގެ މިދިޔަ ދައުރުގެ މެމްބަރުކަން ކުރައްވާފައިވާ މުހައްމަދު ފަޒީން ވިދާޅުވެއްޖެއެވެ.

ފަޒީންއަކީ ނިމިދިޔަ ދައުރުގެ ތެރޭގައި މާލެ ސިޓީގެ މޭޔަރު ސިފާ މުހައްމަދުގެ މަސައްކަތްތަކާއިއެކު ވަރަށް ބޮޑަށް ހިތްހަމަނުޖެހި އެކަމުގެ ކަންބޮޑުވުން ތަކުރާރުކޮށް ފާޅުކުރައްވަމުން ދިޔަ ބޭފުޅެކެވެ. އަދި ސިޔާފެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް ވައްދައި އެމަސައްކަތްވެސް ކުުރުމަށް މަސައްކަތް ކުރައްވާފައިވެއެވެ. ނަމަވެސް އެމަސައްކަތް އެލްޖީއޭއިންވަނީ ހުއްޓުވާފައެވެ.

މާލެ ސިޓީ ކައުންސިލުން އިދާރީ ގޮތުން އޭރު ކުރި ގިނަކަންކަން އިންތިޒާމު ވެގެން ނުކުރެވޭތީ ކުރިއަށް ނުދާކަމަށް ފަޒީން ވަނި ފާހަގަ ކުރައްވާފައެވެ. އެގޮތުން ކައުންސިލް އިންދާރާގެ މައިކް ސިސްޓަމެއް ހޯދުމަށް ކުރި މަސައްކަތް ދައުރު ނިމިގެންދިޔަ އިރުވެސް ނުލިބިފައިވާކަމަށާއި، ނަމަވެސް މިއަދު ސިޓީ ކައުންސިލުން އެކަންވެސް ފުރިހަމަކޮށްފައިވާކަމަށެވެ. އޭނާ ވިދާޅުވީ މިއަދު ފެނިގެންދަނީ އިންތިޒާމު ވެގެން މަސައްކަތް ކުރާ ނަތީޖާ ނެރޭ ކައުންސިލެއްކަމަށެވެ.

ދައުރެއް ނިމުނުއިރު ނުހޯދުނު މައިކު ސިސްޓަމް ހޯދިއްޖެ. މިހާރު ފެންނަނީ ވަރަށް އިންތިޒާމު ކުރެވި ހިނގާ އަދި ނަތީޖާ ނެރޭ ކައުންސިލެއް.

– ފަޒީން ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން، މަސައްކަތާއި ރަސްމީކޮށް ހަވާލުވުމަށްފަހު ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވައި، މިހާރުވަނީ ފަށާފައެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށާއި، މާލޭގެ އެކި ސަރަހައްދުގައިހުރި މައްސަތަލަތަކުގެ ތެރެއިން މާރުކޭޓުތަކާއި، ޕާކުތަކާއި، މައިޒާންތަކުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މާލެ ސިޓީކައުންސިލްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުއިއްޒު ވަނީ އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއާއިވެސް ބައްދަލލު ކުރައްވާފައެވެ. މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިޓީ ކައުންސިލަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ. ސިޓީ ކައުންސިލްގެ މޭޔަރުވަނީ މާލޭގައި ހުރި މައްސަލަތައް ރައީސަށް ހިއްސާ ކުރައްވައި އެކަންކަމަށް ހައްލު ގެނައުމަށް ގުޅިގެން މަސައްކަތް ކުރެއްވުމަށް ދަންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.