ފުރިހަމަ އާރާއި ބާރުގައިވެސް، އިންސާފު ހޯދުމަށް އެމްޑީޕީން ސަލާންޖެހުމުގައި: މަލީހު

ފުރިހަމަ އާރާއި ބާރުގައިވެސް، އިންސާފު ހޯދުމަށް އެމްޑީޕީން ސަލާންޖެހުމުގައި: މަލީހު

Author
މުޙައްމަދު ޝަޒައިމް
28 މެއި 2021 01:29
0

ދައުލަތުގެ ބާރުތަކުގެ ތެރެއިން ހުރިހާ ބާރެއް ލިބި ފުރިހަމަ ބާރާއި އިހުތިޔާރު ލިބުމުންވެސް ފެނިގެންދަނީ  އިންސާފު ހޯދުމުގައި އެމްޑީޕީން ސަލާން ޖަހަމުންދާ މަންޒަރުކަމުގައި ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ޓެރަރިސްޓް ހަމަލާއަށް އިންސާފު ނުލިބި ގިނަ ދުވަސްތަކެއް ވަމުންދާތީ އެކަމުގެ ކަންބޮޑުވުން އެޕާޓީންނާއި، އެޕާޓީގެ އާންމު މެމްބަރުން ދަނީ ފާޅު ކުރައްވަމުންނެވެ. މިކަމާއި ގުޅިގެން މަލީހު ވިދާޅުވީ މިއަދު ވެރިކަމާއި ބާރާއި، އިހުތިޔާރު އޮތީ އެމްޑީޕީގައިކަމަށެވެ. މަޖިލިސްގެ ސުޕަ މެޖޯރިޓީއާއި، މަޖިލިސް ރައީސްކަމާއި، ނާއިބް ރައީސްކަމާއި، ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި، ކޮމިޝަންތަކުގެވެސް ކޮނޓްރޯލް އެމްޑީޕީއަށް އޮވެ، އެމްޑީޕީން އިންސާފަށް ސަލާނާ ޖަހަން ޖެހުމަކީ ހިތާމަ ހުރި ކަމެއްކަމަށެވެ.

މިއަދު އެމްޑީޕީގެ އެންމެ އިސް ބޭފުޅާއަށް ދެވުނު ހަމަލާއަށް އިންސާފު ނުލިބުގެން ސަލާންޖަހަމުންދާއިރު، އެޕާޓީގެ އާންމު މެމްބަރަކަށް ކަމެއް ދިމާވުމުން އުޅޭނެ ހާލަތާއިމެދު ވިސްނާލުން ރަނގަޅުކަމަށް މަލީހު ވިދާޅުވިއެވެ.

އެމްޑީޕީ – 65 ގޮޑި، މަޖިލިސް ރައީސް – އެމްޑީޕީ، މަޖިލިސް ނާއިބް ރައީސް – އެމްޑީޕީ، ސީޕީ – އެމްޑީޕީ، ޑިފެންސް – އެމްޑީޕީ، މިހާރުވެސް ސަލާން ޖެހުން، އެމްޑީޕީ އަށް ހުއްޓޭ ގޮތެއްނުވި ނޫންތޯ؟ އެމްޑީޕީގެ ރައީސްގެ ކަމެއްގައި މިހާވަރު، ދެން ވިސްނަވާ އެމްޑީޕީ އާންމު މެމްބަރަކު އުޅޭނެ ހާލު.

– މަލީހު ވިދާޅުވިއެވެ.

އެމްޑީޕީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅޭ ތަހުގީގުގެ މަޢުލޫމާތު ފުލުހުން، ސީދާ އެމަނިކުފާނަށް ދެއްވުމަށް، އެދިފައިވާނެކަމަށާއި، އަދި އެގޮތަށް އެމަޢުމާތު ހިއްސާކުރާނެކަމަށް ފުލުހުން ބުނެފައިވާކަމަށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާދިނުމަށް ބަޔަކު ފައިސާ ޚަރަދުކުރިތޯއާއި އަދި އެފަދަ ބަޔަކު ތިބިނަމަ އެމީހުން ހޯދުމަށް އެމެރިކާގެ ތަޖުރިބާކާރެއް ވަރަށް އަވަހަށް ތަހުގީގް ޓީމާ ގުޅޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މިހާތަނަށް އެ ހަމަލާގައި އަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ 4 މީހަކުހައްޔަރުކޮށްފައިވާކަމަށާއި، އެ ހަމަލާ ދިނުމަށް އެކި ގޮތްގޮތުން ބައވެރިވެފައިވާ އިތުރު މީހުންވެސް މިހާރު ހައްޔަރުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މިމަހުގެ 6ވަނަ ދުވަހުގެރޭ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާދިން މައްސަލާގައި މިހާތަނަށްވަނީ 4 މީހަކު ހައްޔަރުކޮށްފައެވެ. އެމީހުންނަކީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދާއި، ރައީސް ނަޝީދަށް ހަމަލާދިން ބޮން ގޮއްވާލީ ވ.ތިނަދޫ ހިޔާ ޢުމުރުން 25 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދާއި ލ.ގަން / ދުންފިނި އުފާ، ޢުމުރުން 23 އަހަރުގެ އަހުމަދު ފާތިހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.