މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އެޗްއީއޯސީ ކޯލް ސެންޓަރަށް

މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އެޗްއީއޯސީ ކޯލް ސެންޓަރަށް

Author
މުޙައްމަދު ޝަޒައިމް
27 މެއި 2021 12:34
0

މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން އެޗްއީއޯސީ ކޯލް ސެންޓަރުގައި މިއަދުން ފެށިގެން ހަރަކާތްތެރިވުމަށް ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ކޯވިޑްގެ ނުރައްކާތެރި މިހާލަތުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ކަމާއި ގުޅުންހުރި އިދާރާތަކަށް ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށެވެ. މިހާލަތުގައި މާލެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށް ދިނުމަށް ކަމާއި ގުޅުންހުރި އިދާރާތަކުގެ އިރުޝާދާއިއެކު މަސައްކަތް ކުރަމުންދާކަމަށެވެ.

އެގޮތުން މިހާލަތުގައި އެންމެބޮޑަށް ދަތިވެފައިވާ ރައްޔިތުންގެ ޝަކުވާތަކަށް ޖަވާބު ދިނުމަށް އެޗްއީއޯސީގެ ކޯލް ސެންޓަރުތަކުގައި މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން ބައިވެރިވުމަށް ވަނީ ނިންމާފައެވެ.

ކޯވިޑްގެ ޙާލަތުން މާލޭގެ ރައްޔިތުން ސަލާމަތްކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން، މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާކޮމިޓީގެ މެންބަރުން މިއަދުން ފެށިގެން އެޗް.އީ.އޯ.ސީގެ ކޯލްސެންޓަރގައި ކޯލްތަކަށް ޖަވާބުދިނުމުގައި ޙަރަަކާތްތެރިވާން ފަށާގޮތަށްވަނީ ހަމަޖެހިފައި.

– ޑރ.މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ކޯވިޑް-19ގެ ހާލަތު ގޯސްވެ، އެޗްއީއޯސީގެ އެކި މަސައްކަތް ކުރުމަށް ވޮލެންޓިއަރުންގެ އެހީތެރިކަމަށްވެސް ވަނީ އެދިފައެވެ. އެންމެ ބާރު ބޮޑުވެގެންދަނީ އެޗްއީއޯސީގެ ކޯލް ސެންޓަރުތަކަށެވެ. އެޗްއީއޯސީން ވަނީ އެކަށީގެންވާ ގޮތަކަށް މައުލޫމާތު ނުދެވޭކަންވެސް ފާކަކޮށްފައެވެ.

އަދި މިހާލަތުގައި ޕޮޒިޓީވްވާ މީހުން ގިނަވެ، މީގެކުރިން ދޫކުރަމުންދިޔަ ރިލީޒް ލިޔުންވެސް މިއަދުން ފެށިގެން ނުފޮނުވުމަށްވެސް ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.