ކުލި ކޮންޓްރޯލް ކުރުމަށް މަޖިލީހަށް ކޮށްދެވޭނެ ކަމެއްނެތް: މަޖިލިސް

ކުލި ކޮންޓްރޯލް ކުރުމަށް މަޖިލީހަށް ކޮށްދެވޭނެ ކަމެއްނެތް: މަޖިލިސް

Author
މުޙައްމަދު ޝަޒައިމް
26 މެއި 2021 12:28
0

ރާއްޖޭގެ ގޭބިސީތަކުގެ ކުލި ކަންޑައަޅާނެ ގޮތް ނިންމުމަކީ ކޮމިޓީއަށް ކުރެވޭނެ ކަމެއް ނޫންކަމަށް މަޖިލީހުން ބުނެފިއެވެ.

މާލޭގެ ކުލީގެ މައްސަލައަކީ އާންމު ރައްޔިތުންގެ ނުހަނުބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެވެ. އެއްވެސް ކޮންޓްރޯލެއްނެތި ކުލި އިންތިހާއަށް ބޮޑެވެ، ރަނގަޅު އާމްނަދީއެއް ނުލިބޭ މައްސަލައަކީ އާންމު ރައްޔިތުންގެ އެންމެބޮޑު ކަންބޮޑުވުމެވެ.

ގޭގެ ކުލި ބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެދި ފާތިމަތު ސާއިރާ ހުށަހަޅާފައިވާ ޕެޓިޝަނަކަށް ޖަވާބު ދެއްވަމުން މަޖިލީހުން ބުނެފައިވަނީ ގެދޮރު އިމާރާތްކުރުމުގެ ދާއިރާއަކީ ބައެއްގެ އަމިއްލަ ވިޔަފާރިއެއް ކަމަށާއި، ގެދޮރުގެ ކުލި ކަނޑައެޅުމަކީ އެއިމާރާތް ކުރާ ބަޔަކު ނުވަތަ ގޯތީގެ ވެރިފަރާތުގެ އަމިއްލަ އިހްތިޔާރުގައި ނިންމާ ނިންމުމެއް ކަމަށެވެ.

މިކަމުގައި ޕެޓިޝަން ކޮމިޓީންވަނީ ކަމައި ގުޅުންހުރި އެކި އިދަރާތަކައި ބައްދަލުކުރައްވާފައެވެ. ނަމަވެސް މިކަމުގައި މަޖިލީހަށް ކުރެވޭނެ މަބޮޑު މަސައްކަތެއް ނެތްކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.

ރާއްޖޭގައި މިހާތަނަށް ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ވަކި ޙާއްޞަ ޤާނޫނެއް ހެދިފައިނުވާއިރު، ކުލީގެ އަގު އިންތިހާއަށް ބޮޑުވެ ކުއްޔަށްދޭ ތަންތަނުގެ ހާލަތު ދައްވަމުންދާ މައްސަލައަކީ އާއްމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.