އައްޑޫ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ

އައްޑޫ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
26 މެއި 2021 11:34
0

ކޯވިޑަށް ފަރުވާދެމުންދިޔަ މީހަކު އައްޑޫ ސިޓީއިން ނިޔާވެއްޖެއެވެ.

މިއަދު ނިޔާވި މީހާއާއިއެކު އައްޑޫ ސިޓީން ނިޔާވި މީހުންގެ އަދަދު ވަނީ 2 އަށް އަރާފައެވެ. މިއަދު ނިޔާވެފައިވަނީ އުމުރުން 91 އަހަރުގެ ފިރިހެނެކެވެ. އެމީހާ ނިޔާވެފައިވަނީ މިއަދު ހެނދުނު 10:20 ހާއިރުގައެވެ. މިމީހާ ނިޔާވެފައިވަނީ އައްޑޫ ސިޓީ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ.

ކޮވިޑް ބަލީގައި އައްޑޫން މީހަކު ފުރަތަމަ މަރުވީ މިދިޔަ ހޯމަ ދުވަހު އެވެ. އެ ދުވަހު މަރުވެފައި ވަނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދިޔަ 83 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޯވިޑް ބަލީގައި މީހާތަނަށް 145 މީހުންވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 129 ދިވެހިންނާ 16 ބިދޭސީންނެވެ.

މި ހިނގާ މެއި މަހަކީ ރާއްޖޭގައި ކޯވިޑް-19 ބަލީގައި ރެކޯޑް އަދަކަށް މީހުން ނިޔާވެފައިވާ މަހެކެވެ. މި މަސް ފެށުނުއިރު ކޯވިޑް 19ގައި ނިޔާވި މީހުންގެ އަދަދުހުރީ 62 ގައެވެ. އެއީ 54 ދިވެހިންނާ 8 ބިދޭސީންނެވެ. މިމަހުގެ މިހާތަނަށް މިލީގައި 83 މީހުން މިވަނީ ނިޔާވެފައެވެ. އެއީ 74 ދިވެހިންނާ 8 ބިދޭސީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.