މިހާލަތުގައި ޗައިނާގެ އެހީއަށް ސަރުކަރުން އެދެންޖެހޭ: ޖާބިރު

މިހާލަތުގައި ޗައިނާގެ އެހީއަށް ސަރުކަރުން އެދެންޖެހޭ: ޖާބިރު

Author
މުޙައްމަދު ޝަޒައިމް
26 މެއި 2021 11:27
0

ކޯވިޑް-19ގެ ހާލަތުގައި ރާއްޖެއިން ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ އެހީތެރިކަމަށް އެދެންޖެހޭ ކަމަށާއި، މިއީ ޗައިނާގެ އެހީއަށް ސަރުކާރުން އެދެންވީ ވަގުތުކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ކޯވިޑ-19 ގެ ހާލަތު ގޯސްވެ ހުޅުމާލޭ ފެސިލިޓީގައި އެތައްބަޔަކު މަރުވަމުންދާތީ އެތަނުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ސަރުކާރަށް ގޮވާލައި ޝިޔާމް ހުށަހެޅުއްވި ޤަރާރަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ މިއީ ޗައިނާގެ އެހީއަށް އެދެންވީ ވަގުތުކަމަށެވެ. ސަރުކާރުން ހަމައެކަނި އިންޑިޔާއާއި، ބަންގްލަދޭޝްގެ އެހީއަށް އެދިގެން މިކަން މެނޭޖް ނުކުރެވޭނެކަމަށާއި، ހުރިހާ ޤައުމެއްގެ އެހީވެސް މިހާލަތުގައި ހޯދަންޖެހޭކަމަށެވެ.

ޖާބިރު ވިދާޅުވީ މިހާލަތުން އަރައިގަތުމަށް ސަރުކާރުން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ވަރަށްބޮޑު މަސައްކަތެއް ކުރައްވަމުންދާކަމަށެވެ. ނަމަވެސް ހުރި ގޮންޖެހުންތަކާއިއެކު ކަންކަން ކުރާއިރު، އެހީތެރިކަން ވީހާވެސް ބޮޑަށް ހޯދުމަކީ މުހިންމު ކަމެއްކަމަށެވެ.

ޗައިނާ އަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި މުޅި ދުނިޔެ އިން ވެސް އެންމެ ކާމިޔާބު މަސައްކަތްތައް ކުރި އެގައުމެވެ. ޗައިނާ އިން ވަނީ ދުނިޔޭގެ ބައެއް އެހެން ގައުމުތަކަށް ޑޮކްޓަރުންނާއި ނަރުހުންގެ ޓީމްތައް ވެސް ފޮނުވާފައެވެ. ރައީސް ޞާލިހް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ޗައިނާ އާއިއެކު ރާއްޖެ އިން ވަރަށް ގާތް ގުޅުމެއް ބާއްވަމުން އައެވެ. ނަމަވެސް އެމަނިކުފާނު ވެރިކަަމަށް ވަޑައިގެންނެވި ފަހުން ޗައިނާ އާއި އޮތް ގުޅުން ވަނީ ހީނަރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.