ހޯމަ ދުވަހަކީ ކޯވިޑްގައި ރާއްޖެއަށް ހިތާމަވެރި ދުވަހެއް، 13 މަރު!

ހޯމަ ދުވަހަކީ ކޯވިޑްގައި ރާއްޖެއަށް ހިތާމަވެރި ދުވަހެއް، 13 މަރު!

Author
މުޙައްމަދު ޝަޒައިމް
25 މެއި 2021 12:33
0

ކޯވިޑް ބަލީގައި ހޯމަ ދުވަހު ނިޔާވި މީހުންގެ އަދަދު 13 އަށް އަރައިފިއެވެ.

މިއާއެކު މިބަލީގައި ނިޔާވި މީހުންގެ ޖުމްލަ ވަނީ 142 އަކަށް އަރާފައެވެ. ހޯމަ ދުވަސް ވެފައިވަނީ ކޯވިޑް ބަކީގައި އެންމެ ގިނަ މީހުން ނިޔާވި ދުވަހުގެ ގޮތުގައެވެ. ފަހުން މަރުވީ 58 އަހަރުގެ ދިވެހި ފިރިހެން މީހާއަކީ ހުޅުމާލޭ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި މީހެކެވެ. މިމީހާ ނިޔާވެފައިވަނީ ހޯމަ ދުވަހުގެރޭ 11:30 ގައެވެ. މީގެ އިތުރުން ނިޔާވި 80 އަހަރުގެ ދިވެހި އަންހެން މީހާއަކީ އައްޑޫ ސިޓީ ކޯވިޑް ފެސިލިޓީގައި ނިޔާވި މީހެކެވެ. މިމީހާ ނިޔާވެފައިވަނީ ހޯމަ ދުވަހުގެރޭ 11:27 ގައެވެ. މިއީ މިހާތަނަށް އައްޑޫ ސިޓީން ކޯވިޑްގައި ނިޔާވި 2 ވަނަ މީހާއެވެ.

މީގެ އިތުރުން ހޯމަ ދުވަހު ނިޔާވި އެހެން މީހުންގެ ތެރެއިން އައްޑޫ ސިޓީންވެސް ވަނީ ކޯވިޑްގައި މީހަކު ނިޔާވެފައެވެ. މިމީހާ ނިޔާވެފައިވަނީ އައްޑޫ ސިޓީ ކޯވިޑް ފެސިލިޓީ ގައި ފަރުވާދެމުންދަނިކޮށް 10:15 ގައިކަމަށެވެ. މީހާއަކީ އުމުރުން 86 އަހަރުގެ އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މީގެކުރިން މިބަލީގައި ނިޔާވެފައިވަނީ އުމުރުން 86 ޖަޕާނު ފިރިހެނެކެވެ. ފަހަކަށް އައިސް މިބަލީގައި ނިޔާވާ އުމުރުން 50 އަހަރުން ދަށުގެ މީހުން އިތުރުވަމުން އަންކަންވަނީ ފަހަގަވެފައެވެ. އެހެންނަމަވެސް މިހުރިހާ މީހުންނަކީވެސް ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންކަންވެސް އެޗްޕީއޭއިން ފަހަގަކުރައްވައެވެ. އަދި ވެކްސިން ފުރިހަމަ ނުކުރާ މީހުންގެ ޢަދަދވެސް ނިޔާވާ މީހުންގެ ތެރޭގައި އިތުރުކަމަށް އެޗްޕީއޭއިން ފާހަގަކުރައްވައެވެ.

ކޯވިޑް-19 ގެ ބަލިމަޑުކަމުގައި ދިވެހިން ތަޖުރިބާކުރަމުން މިދަނީ ވަރަށް ނުރައްކާތެރި ދުވަސްތަކެކެވެ. މެއި މަހުން ހުސްވި 23 ދުވަހަކީ ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިން ހޭދަކުރި 14 މަސް ދުވަހުގެ ތެރޭގައި ހާލަތު އެންމެ ގޯސްވީ ދުވަސްތަކެވެ. ބަލި ޖެހޭ މީހުންގެ އަދަދު ހުރީ އިންތިހާ މަތީގައެވެ. ބަލީގައި މަރުވާ މީހުން ރެކޯޑް އަދަދަކަށް އިތުރެވެ. މެއި މަހުގެ ތެރޭގައި 66 މީހަކު ވަނީ މަރުވެފަ އެވެ. މި މުއްދަތުގައި 26،530 މީހަކަށް ބަލިޖެހިފައިވެ އެވެ. މިއީ ދުވާލަކު 1،000 އަށް ވުރެ މަތީ އަދަދެކެވެ.

ކޯވިޑްގައި ހޯމަ ދުވަހު 13 މީހުން މަރުވެފައިވާއިރު މީގެތެރެއިން 10 މީހުން ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައެވެ. މިބަލީގައި އިތުރު ތިން މީހަކު  ނިޔާވެފައިވަނީ ޅ.ހިންނަވަރު ސިއްޙީ މަރުކަޒުގައާއި، އައްޑު ސިޓީ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ދެ މީހެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.