އެންމެ ގޯސް ޙާލަތަށްވެސް ތައްޔާރޭކިޔައި ބައިސާ ކަނޑާތާ ދޮޅު އަހަރުވެއްޖެ: ހިސްޓޯ

އެންމެ ގޯސް ޙާލަތަށްވެސް ތައްޔާރޭކިޔައި ބައިސާ ކަނޑާތާ ދޮޅު އަހަރުވެއްޖެ: ހިސްޓޯ

Author
މުޙައްމަދު ޝަޒައިމް
25 މެއި 2021 08:01
0

ރާއްޖޭގައި ކޯވިޑްގެ އެންމެ ގޯސްހާލަތު ކުރިމަތިވިއިރު، ސަރުކާރުން އެންމެ ގޯސް ޙާލަތަށްވެސް ތައްޔާރޭކިޔައި ބައިސާ ކަނޑާތާ ދޮޅުއަހަރުވެއްޖެ ކަމުގައި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޝިފާޤް މުފީދް (ހިސްޓޯ) ވިދާޅުވެއްޖެއެވެ.

ކޯވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެ، އެތައް ބަޔަކު މަރުވަމުންދާ މިދަނޑިވަޅުގައި ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ކޯވިޑްގެ މިހާލަތުގައި ފަރުވާދޭ މީހުންނަށް އެކަށީގެންވާ ފަރުވާ ނުދެވި މިހާލަތުގައި މެނޭޖް ނުކުރެވިދާތީ ކަންބޮޑުވުން ފާޅުކޮށް ހިސްޓޯ ވިދާޅުވީ 280 މީހުންނަށް ފަރުވާދެވޭނެ ކެޕޭސިޓީ ރާއްޖޭގެ ޞީއްޚީ ނިޒާމުގައި ނެތުމަކީ ސަރުކާރު ލަދު ގަންނަން ޖެހޭކަމެއްކަމަށެވެ.

އޭނާ ވިދާޅުވީ ކޯވިޑްގެ އެންމެ ނުރައްކާތެރި ހާލަތަށްވެސް ސަރުކާރު އޮތީ ތައްޔާރަށްކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ދިޔަކަމަށެވެ. ނަމަވެސް މިއަދު އެތައް ބަޔަކު ބައްޔަށް ހުށަހެޅި ފަރުވާދެވޭނެ ގޮތެއްނެތި، އެތައް ފުރާނައެއް ވަކިވެގެންދާކަމީ މިކަމުގައި ސަރުކާރުގެ އިހުމާލުވުން ބޮޑުކަމެއްކަމަށެެވެ.

ބޭކާރު ވާހަކަ ނުދައްކާ އިސްތިއުފާދެއްވަން އުޅުއްވާ! 280 މީހުނަށް އެޑްމިޓްކޮށްގެން ފަރުވާ ދެވޭވަރުގެ ޤާބިލްކަމެއް މުޅި ރާއްޖޭގެ ޞިއްޙީ ނިޒާމުގަ ނެތުނީމަ ލަދުގަންނަންޖެހޭ. ޤައުމުތަކުން ފައިސާހޯދައިގެން އެންމެ ގޯސް ޙާލަތަށްވެސް ތައްޔާރޭކިޔައި ބައިސާ ކަނޑާތާ ދޮޅުއަހަރުވެއްޖެ.

– ހިސްޓޯ ވިދާޅުވިއެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން އަންނައިރު މިބަލިޖެހިގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް މިހާރުވަނީ 24،057 އަށް އަރާފައެވެ. މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 282 މީހުންނަށެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 140 އަށްވުރެ ގިނަ މީހުންވަނީ ނިޔާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.