އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ސެޕްޓެމްބަރު 25 ގައި

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ސެޕްޓެމްބަރު 25 ގައި

Author
މުޙައްމަދު ޝަޒައިމް
24 މެއި 2021 10:25
0

މިމަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އެމްޑީޕީން ބުނީ ދާއިރާތަކުގެ އިންތިޚާބު ފަސްކުރަން ނިންމީ އެ ޕާޓީގެ ރައީސް، ރައީސް މުޙަންމަދު ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނުގެ ޙާލުކޮޅު ސީރިއަސްވެ، އެމަނިކުފާނަށް ފަރުވާދެމުން ގެންދާތީ މިއީ އެންމެ ރަނގަޅު ދަނޑިވަޅަކަށް ނުވާތީކަމަށެވެ. އަދި ކޯވިޑް-19ގެ ހާލަތު ގޯސްވެ، މިވަގުތުގެ ހާލަތު ހުރިގޮތުން އިންތިޚާބު ފަސްކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ދެކޭތީ ކަމުގައެވެ.

މިއިންތިޚާބުގައި ވާދަކުރެވޭނީ، އިންތިޚާބުގައި ވާދަކުރުމަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުން 8 މެއި 2021 ވީ ހޮނިހިރު ދުވަހުގެ ރޭ މެންދަމު 12:00 ގެ ކުރިން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ކަނޑައަޅާފައިވާ ޝަރުޠުތައް ހަމަވާ ފަރާތްތަކަށް ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި ޝަރުޠު ހަމަވާ ކެންޑިޑޭޓުން ދެނެގަތުމަށްފަހު ކެންޑިޑޭޓުންގެ ލިސްޓް އިޢުލާނު ކުރާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގައެވެ. ސިޓީތަކާއި ދާއިރާތަކުގެ ޖުމްލަ 455 މަޤާމަކަށް މިހުން އިންތިޚާބުކުރަން ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.