ކޯވިޑްގައި ރެކޯޑު އަދަދަކަށް މީހުން މަރުވި ދުވަހެއް، މިއަދުގެ މިހާތަނަށް 8 މީހަކު މަރުވެއްޖެ

ކޯވިޑްގައި ރެކޯޑު އަދަދަކަށް މީހުން މަރުވި ދުވަހެއް، މިއަދުގެ މިހާތަނަށް 8 މީހަކު މަރުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
24 މެއި 2021 06:40
0

ކޯވިޑް-19ގައި އެއްދުވަހެއްގައި ރާއްޖެއިން މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ދުވަހަކަށް މިއަދު ވެއްޖެއެވެ.

މިއަދުގެ މިހާތަނަށް ވަނީ 8 މީހަކު މަރުވެފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެނމެ ފަހުން މަރުވިކަމަށް ރިޕޯޓްކޮށްފައިވާ މީހަކު މިއަދު ހެނދުނު 11:5 ގައި ނިޔާވި މީހެކެވެ. މިމީހާއަކީ ޅ.ޅ. ހިންނަވަރު ހެލްތް ސެންޓަރުގަައި ފަރުވާ ދެމުން އައި މީހެކެވެ. މިމަރާއިއެކު މިމަހު ކޯވިޑް ބަލީގައި މިއާއެކު މިމަހުގެ މިހާތަނަށް 64 މީހުންވަނީ ނިޔާވެފައެވެ.

މިއަދުގެ ފުރަތަމަ މަރެއް ރެކޯޑްކުރީ މެންދަމު 2:02 ގައެވެ. އެއީ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ފަތިހު 4:25 ގައި 58 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފައެވެ. އޭގެ ކުރިން 3:18 ގައިވެސް 77 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފައެވެ. ހެނދުނު 6:55 ގަައި މަރުވެފައިވަނީ 93 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފައެވެ. އޭގެ ފަހުން ހެނދުނު 7:44 ގައި އުމުރުން 85 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފައެވެ.

އަދި މެންދުރު 2:25 ގައި 78 އަހަރުގެ ދިވެހި އަންހެނަކުވެސް ވަނީ މަރުވެފައިވެއެވެ. މިއަދު މެންދުރު 2:50 ގައި އުމުރުން 78 އަހަރުގެ ދިވެހި އަންހެނަކުވެސް ވަނީ މަރުވެފައެވެ.

ކޯވިޑް ބަލީގެ ނުރައްކާ ބޮޑުވެ ރާއްޖެއިން މިހާތަނަށް 55،000އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ މީގެ ތެރެއިން 32،000އަށްވުރެ ގިނަ މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. އަދި އެކްޓިވް ކޭސްގެ ގޮތުގައި 23،000އަށްވުރެ ގިނަ މީހުން ތިބި ކަމަށް އެޗްޕީއޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތަކުންވަނީ ދައްކާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.