މާދަމައިން ފެށިގެން މަޖިލިސް ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމައިފި

މާދަމައިން ފެށިގެން މަޖިލިސް ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
24 މެއި 2021 03:17
0

މާދަމައިން ފެށިގެން މަޖިލިސް ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ކޯވިޑް-19ގެ ހާލަތު ގޯސްވުމާއި ގުޅިގެން މަޖިލިސްގެ ޖަލްސާތައް އޮންލައިންކޮށް ބޭއްވުމަށް މަޖިލީހުގެ ބައެއް މެމްބަރުންވެސް ވަނީ ގޮވާލާފައެވެ.

މަޖިލިސް އިދާރާއިން މީގެ ކުޑައިރުކޮޅެއް ކުރިން ބުނެފައިވަނީ ކޯވިޑް-19 އާއިގުޅިގެން ރާޢްޖޭގެ ހާލަތު ގޯސްވުމާއި ގުޅިގެން މަޖިލީހުގެ ޖަލްސާތައް ނުހުއްޓި ކުރިއަށް ގެންދަވޭނެ ގޮތަކަށް މަސައްކަތް ބައްޓަން ކުރުމަށް މާދަމައިން ފެށިގެން ޖަލްސާތައް އޮންލައިންކޮސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޚައިތަމް ވަނީ އޮންލައިންކޮށް ޖަލްސާތައް ކުރިއަށް ގެންދިއުމަށް އެދިފައެވެ.

މަޖިލީހުގެ ޖަލްސާތައް އޮންލައިން ކުރުމަށް މެންބަރަކު އެދިވަޑައިގެންފައިވާއިރު، މީގެ ކުރިން މިދިޔަ އަހަރުގެ ތެރޭގައި ވެސް މުޅި ރާއްޖެ ފުރަބަންދުކޮށް މާލޭގައި 24 ގަޑިއިރު ކާފިއު ހިންގަން ފެށުމުން މަޖިލީހުގެ ޖަލްސާތައް ވަނީ އޮންލައިންކޮށް ކުރިއަށް ގެންގޮސްފައެވެ. އެކަމަކު އެ ގޮތަށް ގެންދެވެން ނެތް ކަމަށް ވިދާޅުވެ، އަލުން މަޖިލީހުގެ މާލަމަށް މެންބަރުން ޖަމާވެ ތިއްބަވައިގެން ޖަލްސާ ގެންދަން ފެށްޓެވީ ރައީސް ނަޝީދުގެ އިސްނެންގެވުމުގެ މަތިންނެވެ.

ރާއްޖެ އިން ކޮވިޑަށް ދުވާލަކު ފައްސިވާ މީހުންގެ އަދަދު މިހާރު ހުރީ 1،000 އިން މަތީގައެވެ. މިމަހުގެ 12 ވަނަ ދުވަހު ކޮވިޑް ކޮންޓްރޯލް ކުރަން ސަރުކާރުން ބައެއް ފިޔަވަޅުތައް އެޅި ނަމަވެސް އަދިވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދެއް ނުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.