ކޯވިޑް-19ގައި އިތުރު މީހަކު ނިޔާވެ މިއަދު ނިޔާވި މީހުންގެ އަދަދު 7 އަށް އަރައިފިއެވެ. މިއާއެކު މިމަހުގެ މިހާތަނަށް 62 މީހުންވަނީ ނިޔާވެފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވި ގޮތުގައި މިއަދު 2:25 ގައި ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއާއެކު މިއަދު ހުޅުމާކެ މެޑިކަލް ފެސިލިޓީން 5 މީހަކުވަނީ ނިޔާވެފައެވެ.
ކޯވިޑް ބަލީގައި އިއްޔެވެސް 6 މީހަކުވަނީ ނިޔާވެފައެވެ. މިއެންމެންނަކީވެސް ދިވެހިންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް ބަލީގައި 135 މީހުންވަނީ ދުނިޔެ ދޫކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ 119 ދިވެހިންނާއި 15 ބިދޭސީންނެވެ.
ކޯވިޑް ބަލީގެ ނުރައްކާ ބޮޑުވެ ރާއްޖެއިން މިހާތަނަށް 55،000އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ މީގެ ތެރެއިން 32،000އަށްވުރެ ގިނަ މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. އަދި އެކްޓިވް ކޭސްގެ ގޮތުގައި 23،000އަށްވުރެ ގިނަ މީހުން ތިބި ކަމަށް އެޗްޕީއޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތަކުންވަނީ ދައްކާފައެވެ.
ކޮމެންޓު ފޮނުވާ