ކޯވިޑްގެ ހާލަތު ގޯސްވެ، ހަރުދަނާ ފިޔަވަޅު ނޭޅޭތީ ކުއްލި މައްސަލައެއް

ކޯވިޑްގެ ހާލަތު ގޯސްވެ، ހަރުދަނާ ފިޔަވަޅު ނޭޅޭތީ ކުއްލި މައްސަލައެއް

Author
މުޙައްމަދު ޝަޒައިމް
24 މެއި 2021 11:44
0

ރާއްޖޭގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވާތީ އަވަސް ފިޔަވަޅު އަޅަން ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ކުއްލި މައްސަލަ ބަހުސަށް ހުޅުވާލަން ފާސްކުރީ 23 މެންބަރުންގެ ވޯޓުންނެވެ. ވަކި ގޮތަކަށް ވޯޓް ނުދެއްވާނެ ކަމަަށް ދެ މެންބަރަކު ވޯޓް ދެއްވިއެވެ. މައްސަލަ ބަލައިނުގަންނަން އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

މިއީ ކޮވިޑްގެ ހާލަތު މެނޭޖް ނުކުރެވި އަތޮޅުތެރޭގެ އިންތިޒާމުތައް ހުރި ހާލަތު ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ހުށަހެޅުއްވި މައްސަލައެއް ކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށީއްސުރެ ވެސް ރައްޔިތުންގެ އޮތް ކަންބޮޑުވުމަކީ އެ ބަލިން ވީ އަވަހަކަށް އަރައިގަނެވީ އާންމު ހާލަތަކަށް ނުދެވި ދިއުމެވެ. އާންމު ހާލަަތަށް ގެންދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ވެސް ސައީދު ވަނީ ފާޑު ވިދާޅުވެފަ އެވެ.

ދައުލަތުގެ އާމްދަނީގެ ބޮޑު ބަޔަކާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާ 2020 އިން ފެށިގެން ކޮވިޑްގެ ވަސީލަތްތައް ގާއިމްކޮށް އިންތުޒާމްތައް ރަނގަޅު ކުރުމަށް ސަރުކާރުން ހަރަދު ކޮށްފައިވާ ކަމަށް ބުނަމުންދާއިރު ރައްޔިތުންނަށް އެކަމުގެ މަންފާއެއް ނުލިބި ޝަކުވާތައް ދަނީ އިތުރު ވަމުން.

– ސައީދު މިއަދު ވިދާޅުވިއެވެ.

ކޮވިޑްގެ ހާލަތު ގޯސްވާތީ ކަންބޮޑުވުން ފާޅުކުރައްވައި މިދިޔަ ހަފުތާގައި ވެސް އިދިކޮޅު ކޯލިޝަނުން މިފަދަ ކުއްލި މައްސަލައެއް ހުށަހެޅުއްވިއެވެ. އެކަމަކު، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރަން ފާހެއް ނުވިއެވެ.

ކޮވިޑްގެ ބަލިމަޑުކަން ފެތުރެމުންދާ ދުވެލި އަނެއްކާ ވެސް އިތުރުވެ ހަތަރުވަނަ ރާޅެއް ބިންދާލާފައިވާއިރު ފާއިތުވި ހަފުތާތަކުގައި ކޮންމެ ދުވަހަކު ވެސް 1000 އަށް ވުރެ ގިނަ މީހުން ފައްސިވެއެވެ. ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި، ފިޔަވަޅުތައް ހަރުކަށި ކޮށްފައިވީ ނަމަވެސް ހާލަތު ރަނގަޅު ވަމުން އަންނަ ތަނެއް ނުފެނެއެވެ. މި ދަނޑިވަޅުގައި ރައްކާތެރި ފިޔަވަޅުތައް އިތުރު ކުރަން އާންމު ފަރާތްތަކަށް ސިއްޚީ މާހިރުން ދަނީ ލަފާ ދެމުންނެވެ.

މުޅި ރާއްޖެއަށް ކޮވިޑް ފެތުރިފައިވާއިރު މީހުން ދިރިއުޅޭ 70 ރަށެއް މިހާރު ވެސް އޮތީ މޮނިޓަރިންގަ އެވެ. ކޮވިޑްގެ ހާލަތު މިއިން ދުވަހަކު ގޯސް ނުވާ ވަރަށް ރާއްޖޭގައި ގޯސްވެ ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މިންވަރު އުޅެނީ ހާހުން މަތީގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޙ ޙުސައިން
މިކަންބެލޭނެހަރުދަނާރަޢީސަކުގެނޭ