ކޯވިޑަށް ފަރުވާ ދެމުންދިޔަ އިތުރު ދެ މީހަކު ނިޔާވެއްޖެ

ކޯވިޑަށް ފަރުވާ ދެމުންދިޔަ އިތުރު ދެ މީހަކު ނިޔާވެއްޖެ

Author
ހުސެއިން
24 މެއި 2021 08:50
0

ހުޅުމާލެ ކޯވިޑް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ކޯވިޑަށް ފަރުވާ ދެމުންދިޔަ އިތުރު ދެމީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ހާމަ ކޮށްފައިވާ ގޮތުގައި މިއަދު ނިޔާވެފާ ފުރަތަމަ މީހާއަކީ އުމުރުން 81 އަހަރުގެ ފިހިހެނެކެވެ. އޭނާ ނިޔާވެފައިވަނީ އައިޖީއެމްއެޗްގެ އީއާރަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު 02:02 ގައެވެ. މިއީ މިބަލީގައި ރައްޖެއިން ނިޔާވި 130 ވަނަ މީހާއެވެ.

މިއަދު ދެވަނައަށް ނިޔާވެފައިވަނީ އުމުރުން 58 އަހަރުގެ އަންހެނެކެވެ. އާނާ ނިޔާވެފައިވަނީ ރޭ ދަންވަރު 4:25ގައި ކަމަށްވެސް އެޗްޕީއޭއިން ޓުވީޓު ކޮށްފައި ވެއެވެ. މިއީ ކޯވިޑް ބަލިގައި ރާއްޖޭގައި ނިޔާވި 131 ވަނަ މީހާއެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވަމުންދާއިރު މިބަލީގައި މަރުވަމުންދާ މީހުންގެ އަދަދުވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުންނެވެ. އަދި ކޯވިޑަށް ޕޮޒިޓިވް ވަމުންދާ މީހުންގެ އަދަދުވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ.

މިގޮތުން އިއްޔެވަނި ކޯވިޑް-19އަށް އިތުރު 1559 މީހުން ޕޮޒިޓިވްވެއްޖެއެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރެއިން މާލޭ ސަރަޙައްދުން އެކަނިވެސް 1،135މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 401މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 20 މީހުން އަދި ސަފާރީތަކުން 3 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 55،924އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 510 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 32،322މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމާގުޅިގެން މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުތައްވެސް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިވަގުތު ބައްޔަށް 23،464މީހުން ފަރުވާ ހޯދަމުންދާއިރު 290 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 5،834 ސާމްޕަލެއް ވަނީ ނަގާފައެވެ. ރާއްޖެއިން މިބަލީގައި ވަނީ 131މީހުން ނިޔާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.