އަދީބުގެ މައްސަލަތަކުގައި ހުކުމް އޮތީ މާކުރިން ލިޔެ، ޕެންޑްރައިވްއެއްގައި ސޭވްކޮށްފަ: ޖޭއެސްސީ

އަދީބުގެ މައްސަލަތަކުގައި ހުކުމް އޮތީ މާކުރިން ލިޔެ، ޕެންޑްރައިވްއެއްގައި ސޭވްކޮށްފަ: ޖޭއެސްސީ

Author
މުޙައްމަދު ޝަޒައިމް
23 މެއި 2021 10:21
0

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބާތިލް ކުރަން ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު ނިންމެވިއިރު އެ ދައުވާތައް ހުށައެޅުމުގެ ކުރީންވެސް އެ ނިންމެވުން ގާޒީ ރަޝީދު ލިޔެ ޕެންޑްރައިވެއްގައި ސޭވްކޮށްފައި އޮތް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

އަދީބުގެ މައްޗަށް ހަތް ދައުވާ ބާތިލްކުރީ ތަހުގީގުގެ ތެރެއިން ކުށަށް އިއުތިރާފުވުމާ ބެހޭގޮތުން ދައުލަތާއި އަދީބާ ދެމެދު ހެދި އެއްބަސްވުން ގޯސް ކަމަށާއި އެ އެއްބަސްވުމަށް ބިނާކޮށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅުމަށްފަހުގަ އެވެ.

ގަޒިއްޔާތައް ބާތިލްކުރި މައްސަލާގައި މީގެ ކުރިން ސަސްޕެންޑްކުރި ގާޒީގެ މައްސަލަ ބެލުމަށް ފަހު ޖޭއެސްސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ގާޒީ އިސްމާއިލް މައްސަލާގައި އަމަލުކޮށްފައިވަނީ ނުފޫޒެއް ނެތި ކަމަށް މިނިވަންކަމާއި މުސްތަގިއްލުކަމާ އެކުގައި ކަމަށް ފާހަގަ ނުވާ ކަމަށާއި އެހެންވެ އޭނާ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މިހާރު ނިންމާފައިވާ ކަމަށެވެ.

އަދީބުގެ މައްޗަށް އުފުލުނު ދައުވާތަކާއި ގުޅިގެން ޖުލައި 12، 2020 ގައި އަޑުއެހުމެއް ބޭއްވުމަށް ފަހު ޖުލައި 12، 20020 ގައި އެ ދައުވާތަކާއި ގުޅިގެން ހުކުމްކޮށްފައިވާއިރު އެ ދުވަހު ކުރި ހުކުމަކީ ފެބްރުއަރީ 22، 2020 ވަނަ ދުވަހުން ފެށިގެން ތައްޔާރުވެފައިވާ ހުކުމެއްކަން ތަހުގީގަށް ހޯޯދުމުގެ ޕެންޑްރައިވްގައިވާ މައުލޫމާތުން އެނގޭ ކަމަށެވެ.

ޖޭއެސްސީން ބުނީ ތަހުގީގަށް ހޯދުނު ޕެންޑްރައިވްގައި "އިޖްރާއީ ގޮތުން ނިންމާ ނިންމުން" މި ސުރުހީގެ ދަށުން ތައްޔާރުކޮށްފައިވާ ލިޔުމުގައިވާ ނުކުތާތަކާއި ހުކުމްގައިވާ ނުކުތާތަކަކީ އެއް ނުކުތާތަކެއް ކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައިވެއެވެ. ޕެންޑްރައިވްގައި އެ ނިންމުން ލިޔެ ސޭވްކޮށްފައި ވަނީ ފެބްރުއަރީ 22 ގައެވެ. އަދި ޕެންޑްރައިވްގައި ސޭވްކޮށްފައިވާ "އިޖްރާއީ ގޮތުން ނިންމާ ނިންމުން" މި ސުރުހީގެ ދަށުން ތައްޔާރުކޮށްފައިވާ ލިޔުން ސޭވްކޮށްފައިވާ ނަމަކީ "trip finale v2″ ކަމަށާ މި ނަމަކީ އާންމު ގޮތެއްގައި މި ބާވަތުގެ ފައިލެއް ފަނޑިޔާރަކު ސޭވްކުރާނެ ނަމެއްކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ގަބޫލު ނުކުރެވޭ ކަމަށެވެ.

އަދީބުގެ ދައުވާތަކާ މެދު ގާޒީ އިސްމާއިލް ނިންމެވި ގޮތުގެ މައްސަލަ ޕީޖީ އޮފީހުން ޖޭއެސްސީއަށް ހުށަހެޅުމުން 60 ދުވަހަށް އޭނާ ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ ޖުލައި 19 ގަ އެވެ. އޭގެ ފަހުން އޭނާ ގެންދެވީ އޮފީހަށް ނިކުމެ މަސައްކަތުގައި ޝާމިލުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޭ ޭެެއެޖެންޑާ 19
ކެއޮގަނޑު ކަނޑާލީމަ ގަހުގެ ބޭނުމެެއް ނެތުނީ ދޯ، ހެ ހޭ.