ގެވެށިއަނިޔާގެ ތުހުމަތު ކޮށް މިހާރު ބަލަމުންދާ މައްސަލަ ބަލަމުންދާ ކެނދި ކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ ދޮށީ ދަރިފުޅު، އޭނާގެ ބައްޕަގެ ހިމާޔަތުގައިތެދު ވެއްޖެއެވެ.
މެމްބަރު އަހުމަދު އީސާގެ ދޮށީ ދަރިފުޅު މުހައްމަދު ޖިދާދު އަހުމަދު އީސާ އެނޭގެ ފޭސްބުކް ސްޓޭޓަސްގައި ލިޔެފައިވާ ގޮތުގައި، އޭނާގެ ބައްޕަގެ ބޮލުގައި އަޅުވާފައި ވަނީ ވަރަށްވެސް ހުތުރު އަދި ދޮގު ތުހުމަތެއްކަން އޭނާ ޔަޤީންކޮށްދޭ ކަމުގައެވެ.
މުހައްމަދު ޖިދާދު އޭނާގެ ފޭސްބުކް ސްޓޭޓަސްގައި ލިޔެފައިވާ ގޮތުގައި، މެމްބަރު އީސަގެ މައްޗަށް ކުރެވެމުންދާ ގެވެށި އަނިޔާގެ ތުހުމަތުތަކާއި ގުޅޭ ހާދިސާ ސީދާ ހިނގާ ދިޔަ ދުވަހުވެސް ވަރަށް ގާތުން ހުރިހާކަމެއްވެސް އޭނާ ވަނީ ދެކެފައެވެ. އެހެންނަމަވެސް މައްސަލަ އަކީ ބަލަމުން އަންނަ މައްސަލައަކަށް ވުމުން ކަންހިނގައި ދިޔަ ގޮތް ތަފްސީލުކޮށް ދެއްކުން އެއީ އެންމެ ރަނގަޅުގޮތް ކަމުގައި އޭނާ ނުދެކެއެވެ.
އަދި އޭނާ ލިޔެފައިވާ ގޮތުގައި އުމުރުން މިވީހާ ދުވަހެއް ވީއިރުވެސް ބާރަށް އެއްޗެކޭވެސް އީސާ ބުނީ މަދު ފަހަރެއްގައެވެ. އަދި ދުވަހަކުވެސް ނުރުހިފައި އައިސް ބާރަށް އަޅުގަނޑުގެ އަތުގައިވެސް ހިފާފައި ނުވާ ކަމަށާއި، އޭނާގެ ކޮއްކޮއަށް އަނިޔާއެއްދޭން ބައްޕަ އުޅެފާނެ ކަމަށް ދިރި ހުރިހާ ހިނދަކު ޤަބޫލެއް ނުކުރެވޭނެ ކަމަށާއި އަދި އެފަދަ ސަބަބެއްވެސް މެދުވެރިވެފައިވެސް ނެތްކަމުގައި އޭނާ ލިޔެފައި ވެއެވެ.
14 އަހަރު އަޅުގަނޑުގެ މަންމައާ ކައިވެނިކޮށްގެން ދިރިއުޅުނުއިރު ދުވަހަކުވެސް މަންމައަށް އަނިޔާއެއް ދޭ ތަނެއް ފެނިފައެއް ނުވެއެވެ. އަދި ދުވަހަކު ބައްޕަ ފަރާތުން އަނިޔާއެއް ލިބިފައި ނުވާކަމަށް މަންމަ ޔަޤީންކޮށްދެއެވެ.
އީސަގެ ދިށީ ދަރިފުޅު ޖިދާދު އޭނާގެ ފޭސްބުކް ސްޓޭޓަސްގައި ބުނެފައިވާ ގޮތުން، މި މައްސަލަ އަކީ ސީރިއަސް ތުހުމަތު ތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅަފައިވާ މައްސަލައެއް ކަމަށްވުމުން 3 ފަހަރެއްގެ މަތިން ފުލުހުންވަނީ ތަހުޤީގަށް އޭނާގެ ބައްޕަ ހައްޔަރުކުރުމުގެ އަމުރެއް ހޯދާދިނުމަށް އެދި ޕީޖީއަށް ހުށައަޅާފައެވެ. ނަމަވެސް ކޯޓު އަމުރެއް ހޯދަން ހުށަހަޅަން ޕީޖީން ވަނީ ދެކޮޅު ހަދާފައި ވާކަމަށްވެސް އޭނާ ލިޔެފައިވެއެެވެ. އެހެންނަމަވެސް، 4 ވަނަ ފަހަރު ޕީޖީއަށް ފުލުހުން ހުށައެޅީ ކުރީގެ ހުށައެޅުން ބަދަލުކޮށް ހެކިނައްތާލަން އީސް މަސައްކަތް ކުރާކަމުގެ ތުހުމަތުގަ
ހައްޔަރު ކޮށްދިނުމަށް އެދިއެވެ. އެހެންނަމަވެސް، ޖިދާދު ލިޔެފައިވާ ގޮތުގައި ކުރިމިނަލް ކޯޓުން ރޭގެ ވަގުތެއްގައި އީސަ ހައްޔަރު ކުރަން އަމުރެއް ނެރެންޖެހޭ ސަބަބެއް ނެތް ކަމަށްވަނީ ނިންމާފައެވެ.
ޖިދާދި ލިޔެފައިވާ ގޮތުގައި ސޯސަލް މީޑިޔާގައި ދައުރުވަމުންދާ ގިނަ ޚަބަރު ތަކަކީ ދައްތަ (އަސޫ) މީޑިޔާއަށް ދީފައިވާ މައުލޫމާތުތަކެއްވެސް ނޫން ކަމަށެވެ.
ނަމަވެސް ކަމުގެ ދެކޮޅު ނުބަލާ، އަދި މައްސަލަ ރައްދުވާފަރާތުގެ ބަހެއްވެސް އަޑު ނާހާ މީހެއްގެ އަބުރު ކަތިލާން ކުރެވެމުންދަނީ ވަރަށް ބޮޑު ކުށެއް ކަމުގައި އޭނާ ދެކޭކަމަށްވެސް އޭނާގެ ފޭސްބުކް ސްޓޭޓަސްގައި ލިޔަމުން އޭނާ ބުނެފައިވަނީ، ހަމަ މީހަކު ބުނެލާ ކޮންމެ ބަހަކީ ތެދެއް ކަމުގައި ވަނީނަމަ، ރާއްޖޭގައި ކުއްވެރިއެއް ނޫނީ ނޫޅޭނެއެވެ.
އީސަގެ ދޮށީ ދަރިފުޅުގެ ވަނީ އޭނާ ބައްޕައާއި ގުޅޭގޮތުން ކުރެވޭ ތުހުމަތުތަކު ގިނަ މައުލޫމާތުތަކެއް ހާމަ ކުރައްވާފައެވެ. އަދި ލިޔެފައިވަނީ، މިހާ ހިސާބަށް އައި އިރުވެސް، އަހްމަދު އީސަގެ ފަރާތުން ބަހެއް ބުނެފައި ނުވަނީ، އެންމެ ހަޤު ދަރިފުޅުގެ ހައްޤުގައި ކަމަށެވެ. އެ ކުއްޖާގެ ކަރާމާތަށް ޤެއްލުމެއް ދޭން ބޭނުން ނުވާ ހާލު، އެ ކުއްޖާގެ މަންމަގެ ޢިއްޒަތާ އަބުރައް އަރައިގަންނަން ބޭނުން ނުވާތީކަމުގައެވެ. އެއީ ބައްޕައަކަށް އަދާ ކުރެވޭނެ އެންމެ މަތީ ހައްގު ކަމުގައި ބުނަމުން، އެކަމަށްޓަކައި ދަރިއެއްގެ ހައިސިއްޔަތުން ބައްޕައާ ދޭތެރޭ ފަޚުރުވެރި ވާކަމަށްވެސް އޭނާ ބުނެފައި ވެއެވެ.
އީސަގެ މައްޗަށް ކުރެވެމުްނދާ ގެވެށި އަނިޔާގެ ތުހުމަތުތަކާ ގުޅިގެން އީސަ ވަނީ އޭނާ މުގައްރިރްކަން ކުރަމުންދާ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގެ މުގައްރިކަމުންވެސް އިސްދިއުފާ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ