ހިފާފައިވާ ބިންތަކުގައި އިމާރާތްކުރުމާ ގުޅުހުރި ކުންފުނިތައް ނޯވޭ ފަންޑުން ބޭރު ކޮށްފި

ހިފާފައިވާ ބިންތަކުގައި އިމާރާތްކުރުމާ ގުޅުހުރި ކުންފުނިތައް ނޯވޭ ފަންޑުން ބޭރު ކޮށްފި

Author
ހުސެއިން
20 މެއި 2021 08:18
0

އިސްރާއީލުން ހިފާފައިވާ ހުޅަގު އައްސޭރި ބިންތަކުގައި ބައިނަލްއަގުވާމީ ގާނޫނުތަކާއި ޚިލާފަށް އިމާރާތްތަކުގެ މަސައްކަތަކުގައި ބައިވެރިވާ ދެ ކުންފުންޏެއް، ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު ސޯވެރިންގ ފަންޑު ކަމުގައިވާ "ނޯވޭ ފަންޑުން" ބޭރު ކޮށްފިއެވެ.

ނޯވޭ ފަންޑުން ބުނެފައިވަނީ، އެ ފަންޑުން މިގޮތަށް އަމަލުކޮށް، މި ދެކުންފުނި ފަންޑުން ބޭރު ކުރަންޖެހުނީ، ހިފާފައިވާ ބިންތަކުގައި ކުރަމުންދާ އިމާރާތްތަކުގެ މަސައްކަތްތަކާ ގުޅުން ހުރި ކުންފުނިތަކުން އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ފުރުސަތު ބޮޑުވުމުގެ ސަބަބުން ކަމުގައެވެ.

އަދި ފަންޑުން ބުނެފައިވަނީ، ފަންޑުގައި ހުރި މި ކުންފުނިތަކުގެ އެސެޓް، ނޯވޭ ފަންޑުން މުޅިން ވަކިކުރެވިގެންވެސް ދާނެކަމުގައެވެ. އަދި މިގޮތަށް މި ފަންޑުން މި ދެކުންފުނި ބޭރުކުރަން ޖެހުނީ، "ތަކުރާރުކޮށް ވަކިވަކި ފަރުންގެ އިންސާނީ ހައްގުތަކަށް، ހަގުރާމައާއި ހަމަނުޖެހުންތަކުގެ ވަގުތުތަކުގައި، އަރައިގަތް ގަތުމުގައި މިކުންފުނިތަކުގެ ހިއްސާ އޮވެދާނެކަމުގެ ރިސްކު އޮތުމުގެ ސަަބަބުން،" ކަމުގައި، ނޯވޭގެ ސެންޓަލް ބޭންކުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވެއެވެ.

މި ކުންފުނި ތަކަކީ، ގެދޮރު އިމާރާތް ކުމުގެ ދާއިރާއަށް ޚާއްސަ ޝެޕިއަރ އިންޖިނިއަރިން އެންޑް އިންޑަސްޓްރީއާއި މިވްން ރިއަލް އެސްޓޭޓްއެވެ. މިވްން ރިއަލް އެސްޓޭޓްއިން ކުރަމުންދާ ކަމަށް ނޯވޭގެ ސެންޓްރަލް ބޭންކުއިން ބުދަ ދުވަހު، ބުނެފައިވާ މަސައްކަތަކީ އިންޑަސްރިއަލް ބިންތައް ރެންޓު ކޮށްގެން އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންޔަކުގައި، ރިއަލް އެސްޓޭޓްގެ ވިޔަފާރު ކުރުމެވެ.

މިމަހުގެ 10ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ގާޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް އައިއިރު ފަލަސްތީނުގެ 230 މީހަކުވަނީ ޝަހީދު ކޮށްލާފައެވެ. މީގެތެރޭގައި 65 ކުޑަކުދިންނާއި 39 އަންހެނުންވެސް ހިމެނެއެވެ. އަދި ފަލަސްތީނުގެ 1،710 މީހަކަށް ވަނީ އަނިޔާވެފައެވެ.

އިސްރާއީލުގެ އުދުވާނީ ހަމަލާތަކާއި ދެކޮޅަށް ހަމާސް ޖަމާއަތުންނާއި އަދި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ އެހެން ޖަމާއަތްތަކުން، އިސްރާއީލް އަމާޒުކޮށް ފޮނުވާލާފައިވާ ރޮކެޓް ހަމަލާތަކުގައި އިސްރާއީލު 12 މީހަކުވަނީ މަރުވެފައެވެ. މީގެ ތެރޭގައި 2 ކުޑަކުދިންވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.