ސޮންއަށް އާ އެއްބަސްވުމެއް

ސޮންއަށް އާ އެއްބަސްވުމެއް

Author
އިބްރާހީމް ސާޢިދު
21 އޮކްޓޯބަރ 2020 05:01
0

ސޮން ހުއެން-މިންގެ އެއްބަސްވުން އާކުރަން ޓޮޓެންހަމް ހޮޓްސްޕާއިން މަސައްކަތް ފަށާފައެވެ.

ޓޮޓެންހަމުން ސޮންގެ އެއްބަސްވުން އާކުރާއިރު، އޭނާގެ މުސާރަވެސް ބޮޑުކުރާނެ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އުމުރުން 28 އަހަރުގެ ސޮންގެ އެއްބަސްވުން އާކުރުމުގެ މަސައްކަތް ފެށީ އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި ސޮން ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނާތީއެވެ.

ބަޔާ ލެވަކޫސެން ދޫކޮށް 2015 ވަނަ އަހަރު 22 މިލިޔަން ޕައުންޑަށް ޓޮޓެންހަމާ ގުޅުނު ފޯވާޑް، އެ ޓީމާއެކު މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރުއެވެ. ޓޮޓެންހަމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސޮން ވަނީ މިހާތަނަށް ޓޮޓެންހަމަށް ކުޅުނު 236 މެޗުގައި 93 ލަނޑު ޖަހާފައެވެ.

އޭނާ ވަނީ މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުގައި 7 ލަނޑު ޖަހާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.