ހއ. ފިއްލަދޫ ކައުންސިލްގެ ރައީސް ހުވައި ކުރުން ފަސްކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރުކޮށްފިއެވެ.
ހައިކޯޓުން ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ 10 އެޕްރީލް 2021ގައި ބޭއްވުނު ”ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2020“ގައި، ހއ.ފިއްލަދޫ ކައުންސިލްގެ ރައީސްގެ ވޯޓާ ގުޅިގެން، ހއ.ފިއްލަދޫ/ ފިނިވާގެ، މުޙައްމަދު އިރުޝާދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާގެ މި މައްސަލަ ނިމުމުގެ ކުރިން ހއ.ފިއްލަދޫ ކައުންސިލްގެ ރައީސްގެ މަޤާމުގެ ޤާނޫނީ ހުވާކުރުމަކީ އެ ވޯޓާ ގުޅިގެން މައްސަލަ ހުށަހަޅާފައިވާ ފަރާތާއި އިންތިޚާބުގައި ވާދަކުރި ފަރާތްތަކުގެ ޙައްޤަކަށް އުނިކަން އަތުވެދާނެކަމެއް ކަމަށް ބެލެވޭކަމަށެވެ.
އަދި މި އިންތިޚާބީ ޝަކުވާގެ މައްސަލައިގައި ފައިޞަލާކުރަނިވި ޙުކުމެއް ކުރެވެންދެން، ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުން ވަކިގޮތަކަށް އަންގަންދެން، ހއ.ފިއްލަދޫ ކައުންސިލްގެ ރައީސްގެ މަޤާމުގެ ޤާނޫނީ ހުވާކުރުން ފަސްކުރުމަށް ހައިކޯޓުގެ ޤަވާއިދުގެ 69 ވަނަ މާއްދާގެ ދަށުން އަމުރު ކޮށްފައިވާކަމަށެވެ.
ކައުންސިލް އިންތިޚާގައި އިންތިޚާބީ ކައުންސިލަރުން ހުވާކުރުން މާދަމާ ބޭއްވުމަށް އެލްޖީއޭއިން ވަނި ހަމަޖައްސާފައެވެ.
ކޮމެންޓު ފޮނުވާ