ހަރުކަށި ފިޔަވަޅު ތަކާއިއެކު ކާފިއުގެ މުއްދަތު 14 ދުވަހަށް އިތުރުކޮށްފި

ހަރުކަށި ފިޔަވަޅު ތަކާއިއެކު ކާފިއުގެ މުއްދަތު 14 ދުވަހަށް އިތުރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
15 މެއި 2021 11:15
0

ރާއްޖޭގައި ކީވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މުޅި ރާއްޖޭގައި އެޅި ފިޔަވަޅުތައް ދެ ހަފްތާއަށް އިތުރުކޮށްފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އެންގުމުގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ލިބިދޭ ބާރުގެ ދަށުން މެއި ތިން ވަނަ ދުވަހުން ފެށިގެން އަޅާފައިވާ ފިޔަވަޅުތައް 14 ދުވަހަށް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.

އެ އެންގުމުގައިވާ ގޮތުން، ރޭގަނޑު 12:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގާނެއެވެ. އެކަމަކު، މައިމޫނާ މިދިޔަ ހަފްތާގައި ނެރުއްވި އެންގުމުގައި ވަނީ ހަފްތާއެއްގެ މުއްދަތަށް ކާފިއު ގަޑިއަކީ ހަވީރު 4:00 އިން ފަތިހު 4:00 އަށް ކަމަށް ކަނޑައަޅައިފައެވެ.

މިމަހުގެ ތިން ވަނަ ދުވަހު އެޅި އިތުރު ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ޕާކުތަކާއި މައިޒާންތައް ބަންދު ކުރުމާއި ކުޅިވަރުކުޅޭ ތަންތަނާއި ދުވާ ޓްރެކުތަކާއި ސްވިމިން ޓްރެކްތައް ބަންދުކުރުމާއި ކުޅިވަރުކުޅުމާއި ކުޅިވަރުގެ މުބާރާތްތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. އަދި ހުއްދައާއެކު ޒަރޫރީ ބޭނުންތައްކަށް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމާއި ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށަށް ދަތުރުކުރުން ވެސް ހުއްޓާލަން ވަނީ އަންގައިފައެވެ.

އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމާއި މެއި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ޕޮލިސް ޕާމިޓާއެކު މެންދަމު 12 އާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށެވެ. އެޗްޕީއޭއިން ބުނީ ޑައިޑްލއިންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރާނެ ކަމަށެވެ.

އަދި ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން ވަނީ މެދުކަނޑާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.