އިޒްރާއިލުން އެހިންގާ ލާއިންސާނީ އަނިޔާތަކަކީ ޓެރަރިޒަމްގެ އަމަލުތަކާ ދެކޮޅު ހަދައި، އިސްރާއިލް އާއި ދެކޮޅަށް ހައްގު ބަސް ބުނުމަށް ފަސްޖެހޭ ސަބަބެއް ހާމަކޮށްދޭންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިގިނލި ދާއިރާގެ މެމްބަރު ސައުދު ހުސެިން ވިދާޅުވެއްޖެއެވެ.
ފަލަސްތީނާއި ދެކޮޅަށް އިސްރާއިލުން ހިންގާ ހައްދުފަހަނަ އަޅާފައިވާ ހަރަކާތްތަކާއި، އަމަލުތަކަށް މަޖިލީހުން ދެކޮޅު ހެދުމަށް ގޮވާލައި ސައުދު ވަނީ މަޖިލީހަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ ފުރަމަ ދުވަހު ޤަރަރާރެއް ހުށަހަޅުއްވާފައެވެ. ޤަރާރު މަޖިލީހުން ބަލައިގަނެ، ކޮމިޓީއަށް ފޮނުވިގޮތަށް މިއަދާއި ހަމައަށްވެސް ޤަރާރުގެ މަސައްކަތް ކޮމިޓީން ނިންމާފައި ނުވެއެވެ.
ކޮމިޓީން މިމަސައްކަތް ނުނިންމައި އޮއްވައި އަނެއްކާވެސް އިސްރާއިލްގެ އަނިޔާވެރި އަމަލުތައް އިންތިހާއަށް ބޮޑުވެ ފަލަސްތީނުގެ މައުސޫމް އެތައްބަޔަކު ޝަހީދު ކުރަމުންދާ ދަނޑިވަޅުގައި ކަންބޮޑުވުން ފާޅު ކުރައްވައި ސައުދު ވިދާޅުވީ އިޒްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުންގެންދާ މަސައްކަތް ހުއްޓުވުމަށް ގޮވާލާ، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ އިންސާނިއްޔަތާއި ޚިލާފް އަމަލުތަށް ކުއްވެރިކޮށް އެއަނިޔާތަށް ހުއްޓާލުމަށް ގޮވާލާ، އަދި ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމުގައި ބަލައިގަތުމަށް ބައިނަލް އަޤްވާމީ މުޖުތަމައުއަށް ގޮވާލާ ދިވެހިރާއްޖޭގެ ރައްހިތުންގެ މަޖްލީހުން ދެކޭގޮތް ހާމަކުރުމަށް ނުކުރުމަކީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ.
ދިވެހިރާއްޖޭގެ ކުދިބޮޑު އެންމެހާ ރައްޔިތުންވެސް ހެކިވާނެ އިޒްރާއިލުން އެހިންގާ ލާއިންސާނީ އަނިޔާތަކަކީ ޓެރަރިޒަމްގެ އަމަލުތަކެއްކަން. ނަމެވެސް މަޖްލިސްގެ މިކަމާބެހޭ ކޮމިޓީއަށް މިވަރު ނޭނގި އިޒްރާއީލާއި ދެކޮޅަށް ހައްގުބަސް ބުނުމަށް މިވަނީ ކޮންމެވެސް ސަބަބަކާއިހެދި ފަހަތަށް ޖެހިފަ. ފަލަސްތީނު އިޝޫގައި މަޖްލިސް ފަހަތަށް ބުރަވާން މެދުވެރިވި ސަބަބު ހާމަ ކޮއްދިނުމަށްއެދެން.
– ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވި މިޤަރާރު ކޮމެޓީއިން ދެން ނިންމާއިރު ނިންމަންވާނީ އިޒްރާއީލަކީ ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައިކަމާއި ދިވެހި ދައުލަތުން އިޒްރާއީލާ އެކު އެއްވެސް ގުޅުމެއް ގައިމްކޮއްފަވާނަމަ އެފަދަ ގުޅުންތަށް ވަގުތުން ވަގުތަށް ހުއްޓާލުމައި އިޒްރާއީޅުގެ އެންމެހާ އުފެއްދުންތަށް ރާއްޖެ އެތެރެކޮށް ވިއްކުން މަނާކުރުމާއި ދަތުރުފަތުރު ކުރުން ހުއްޓުވުމަށް ކަމުގައެވެ. އަދި މިގޮތަށް މިކަންކަން ނިންމަވައި ދެއްވުމަށް އޭނާ ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ