ޠޫފާން ދަނީ ރާއްޖެއާއި ދުރަށް، ނުރައްކަލެއް ނެތް: މެޓް

ޠޫފާން ދަނީ ރާއްޖެއާއި ދުރަށް، ނުރައްކަލެއް ނެތް: މެޓް

Author
މުޙައްމަދު ޝަޒައިމް
15 މެއި 2021 03:28
0

އަރަބި ކަނޑުގައި އުފެދުނު ކޮޅިގަނޑު ޠޫފާނަކަށް ބަދަލުވިނަމަވެސް އޭގެ ނުރައްކާ ރާއްޖެއަށް ނުކުރާނެކަމަށް މޫސުމާބެހޭ ޤައުމީ ޢިދާރާއިން ހާމަކޮށްފިއެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އިރުދެކުނު އަރަބިކަނޑުގައި އުފެދުނު ކޮޅިގަނޑުގެ ބާރުގަދަވެ މިހާރު ތޫފާނަކަށް ބަދަލުވެފައިވާކަމަށެވެ. "ޓައުޓޭ"ގެ ނަމުން ނަންދީފައިވާ މިޠޫފާން މިހާރު ހުރީ ހއ.ތުރާކުނުގެ އުތުރުން ގާތްގަނޑަކަށް 400 މޭލު ދުރުގައިކަމަށާއި، ތޫފާނު ދަތުރުކުރަމުން ދާނީ އުތުރު ހުޅަނގުއުތުރަށް ރާއްޖެއާ ދުރަށް ކަމަށް އެޢިދާރާއިން ވިދާޅުވިއެވެ.

އެ ތޫފާން އަރާނެކަމަށް ލަފާކުރެވެނީ އިންޑިއާގެ ހުޅަނގު ސަަރަހައްދަށާއި ޕާކިސްތާނަށެވެ. ސައިންސްވެރިން ލަފާކުރަނީ އެއީ ކައިރި މާޒީއެއްގައި އިންޑިއާއަށާއި ޕާކިސްތާނަށް އަރާފައި ނުވާ ވަރުގެ ބާރުގަދަ ތޫފާނަކަށް ވާނެ ކަަމަށެވެ. މޫސުން ގޯސްކަމުން، މުޅި ރާއްޖެ އަށް މިދިޔަ ދުވަހު އޮތީ އެކި އެލާޓްތައް ނެރެފަ އެވެ. އެގޮތުން ހއ. އިން ފެށިގެން ރ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވާއިރު ބ. އަތޮޅުން އައްޑޫ އަށް ނެރެފައި ވަނީ ވަައިޓް އެލާޓެވެ.

އެންމެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައި އޮތް ހއ. އިން ރ. އަށް ގަަޑިއަކު 55 މޭލަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށާއި އަދި ރަށްރަށަށް ރާޅު އަޅާނެ ކަމަށް ވެސް މެޓުން ބުންޏެވެ. މިއާއެކު މި ތޫފާނާ ގުޅިގެން ރާއްޖޭގެ ސަރަޙައްދަށް ޖެހެމުންދާ ގަދަވަޔާއި ވިއްސާރަ ރެއިން ފެށިގެން މަޑުވާންފަށާފައިވާކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ ޢިދާރާއިން ވިދާޅުވިއެވެ.

އެހެން ނަމަވެސް ހުޅަނގުމޫސުމުގެ ސަބަބުން ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ. އެގޮތުން އެޢިދާރާއިން މިހާރުވެސް ވަނީ ބައެއް ސަރަޙައްދުތަކަށް އެލާޓްތައް ނެެރެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.