އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި ރައީސް ޔާމީން ވެރިކަމުގައި ކޯޓަށް ހުށަހެޅި ގިނަ މައްސަލަތައް، މިސަރުކާރުން އިތުރަށް ދިރާސާ ކުރުމަށް އަނބުރާނެގިތާ 2 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު އަދިވެސް ގޮތެއް ނުނިމިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 1.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނުލިބި ގެއްލުނު މައްސަލާގައި، ގެއްލިފައި ހުރި ފައިސާތައް އަނބުރާ ހޯދަން އެކި ފަރާތްތަކާ ދެކޮޅަށް ކުރީ ސަރުކާރުން އޮތީ 39 މަދަނީ ދައުވާއެއް އުފުލައިފައެވެ. އޭގެ ތެރެއިން މިސަރުކާރު ވެރިކަމަށް އައިސް އަނބުރާ 35 ދައުވާއެއް ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް، އެ މައްސަލަތައް އިތުރަށް ދިރާސާ ކުރުމަށް ފަހު، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ކަަމށްބުނެ ވަނީ ނަގާފައެވެ.
މިމައްސަލަތައް މިއަދާއި ހަމަޔަށްވެސް އަބުރައި ކޯޓަށް ހުށަހަޅާފައި ނުވާމައްސަލާގައި މީހަކު ކުރި ޓްވީޓަކާއި ގުޅިގެން އުޝާމް ވިދާޅުވީ މިހާތަނަށް މިމައްސަލަތައް ކޯޓުތަކަށް ހުށަހަޅާފައި ނުވާކަމަށެވެ.
އޭރު ހަދާފަހުރި އޮޑިޓް ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށް ހިޔާނާތުގެ ފައިސާ ބޭނުންކުރިކަމަށް ޝައްކުކުރެވޭ ފަރާތްތަކާގުޅޭ 40 ވަރަކަށް މައްސަލަ ރައީސް ޔާމީންގެ ސަރުކާރުގަ ސިވިލް ކޯޓަށް ހުށަހެޅި. މިސަރުކާރު ވެރިކަމަށްއައިތާ 3-4 މަސްތެރޭ އަލުން ދިރާސާކުރަންކަމަށް ބުނެ ގިނަ މައްސަލަތައް އަބުރާގެނައީ. ކޯޓަށް ހުށަހަޅާފައި ހުރި MMPRC ގެ މައްސަލައާ ގުޅޭ މަދަނީ ގިނަ ދައުވާތަކެއް މިސަރުކާރުން އަނބުރާ ގެނައިފަހުންވެސް މިހާރު 2 އަހަރަށްވުރެ ގިނަދުވަސްވެއްޖެ.
– އުޝާމް ވިދާޅުވިއެވެ.
.އޭރު ހަދާފަހުރި އޮޑިޓް ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށް ހިޔާނާތުގެ ފައިސާ ބޭނުންކުރިކަމަށް ޝައްކުކުރެވޭ ފަރާތްތަކާގުޅޭ 40ވަރަކަށް މައްސަލަ RY ސަރުކާރުގަ ސިވިލް ކޯޓަށް ހުށަހެޅި. މިސަރުކާރު ވެރިކަމަށްއައިތާ 3-4 މަސްތެރޭ އަލުން ދިރާސާކުރަންކަމަށް ބުނެ ގިނަ މައްސަލަތައް އަބުރާގެނައީ. https://t.co/VN74VzLSuZ
— Ahmed Usham (@a_usham) May 15, 2021
އެމްއެމްޕީއާރުސީ ޚިޔާނާތުގައި ބައިވެރިވި މީހުންގެ މައްޗަށް ދައުވާ ނުކުރެވި ގިނަ ދުވަސްތަކެއް ވަމުންދާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. ރައްޔިތުންގެ ކަންބޮޑުވުމާއިއެކު އެންމެފަހުން މަޖިލީހުން ވަނީ އެސެޓް ރިކަވަރީ ކޮމިޝަނން އެކުލަވާލާފައިވާ އެމްއެމްޕީއާރުސީގެ ބައިވެރިވި މީހުންކަމަށްބުނާ މީހުންގެ ލިސްޓެއް ނެރެފައެވެ. ނަމަވެސް އެލިސްޓު އާންމުވުމުން އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފައިވަނީ އޭގައި ތިބި އެންމެނަކީ ޚިޔާނާތުގެ ބައިވެރިންކަމަށް ބަލައިގެން ނުވާނެކަމަށެވެ.
މިލިސްޓާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، މިހާތަނަށް ސަރުކާރަށް މިމައްސަލާގައި މާބޮޑު ކުރިއެރުންތަކެއް ހޯދިފައި ނުވެއެވެ.
ކޮމެންޓު ފޮނުވާ