މާޕު، ސައްލެއަށް: ތެޅިފޮޅިގެން ވޯޓަށް އެއާޕޯޓް ނިންމީމާ މިހެންވާނީ

މާޕު، ސައްލެއަށް: ތެޅިފޮޅިގެން ވޯޓަށް އެއާޕޯޓް ނިންމީމާ މިހެންވާނީ

Author
މުޙައްމަދު ޝަޒައިމް
15 މެއި 2021 10:18
0

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ހޯރަފުށީ އެއާޕޯޓުގެ ހާލަތާއި ގުޅިގެން އެދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ޓްވީޓަށް އެމްޑީޕީގެ އިސްސަފުގައި ހަރަކާތްތެރިވާ މަޝްހޫރު ލަވަކިޔުންތެރިޔާ މައުރޫފް ޚަލީލް މާޕު ރައްދު ދެއްވައިފިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ބޮޑު ހޭދައއް ކޮށްގެން ހުޅުވި އެއާޕޯޓަށް އުދައަރައި، ވަރަށް ބޮޑަށް ވަނީ ފެންބޮޑުވެފަ އެވެ. ރަންވޭ އާއި ހޯރަފުއްޓާ ގުޅާލާފައި އޮންނަ ކޯޒްވޭ އަށް ވެސް ރާޅާއެކު ގަލާއި ވެލި އަރާފައިވާއިރު، އެ ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ. އެއާޕޯޓުގެ އިތުރުން، ހޯރަފުއްޓަށް ވެސް ދަނީ ވަރަށް ބޮޑަށް އުދަ އަރަމުންނެވެ. ހޯރަފުށީގެ މީހުން ބުނާ ގޮތުގައި، މީގެ ކުރިން މިހާ ބޮޑަކަށް އެ ރަށުގައި ފެނެއް ބޮޑެއް ނުވެއެވެ.

ހޯރަފުށީގެ ހާލަތު ބަޔާންކޮށް ވީޑިއޯއާއިއެކު ސަލީމް ކުރެއްވި ޓްވީޓާއި ގުޅިގެން މާޕު ބުނެފައިވަނީ މިހާލަތަށް ދިޔައީ ތެޅި ފޮޅިގަނެގެން އިންތިޚާބާއި ދިމާކޮށް އެއާޕޯޓް ނިންމުންކަމަށެވެ.

198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހއ.ހޯރަފުށީގައި އެއަރޕޯޓެއް ތަރައްޤީކޮށްފައިވާއިރު މި އެއަރޕޯޓްގައި 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއެއް އޮވެއެވެ. 8635 ސްކުއަރ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9473 ސްކުއަރ މީޓަރުގެ ޕާކިން އޭރިއާއަކާއި 1718 ސްކުއަރ މީޓަރުގެ ފަޔާ އެކްސެސް މަގެއްވެސް މި މަޝްރޫޢުގެ ދަށުން ވަނީ ތަރައްޤީކޮށްފައެވެ.

ކުރީ ސަރުކާރުން ހއ މާފިނޮޅުގައި ތަރައްގީ ކުރަން ނިންމި އެއަރޕޯޓު ހޯރަފުށީގައި އެޅުމަށް ނިންމީ މި ސަރުކާރުންނެވެ. 25 މާރޗް 2019 ގައި އެމްޓީސީސީއާއެކު އެއަރޕޯޓް ތަރައްޤީކުރުމަށް ސޮއިކުރުމަށްފަހު އޭގެ 24 ދުވަސް ފަހުން ވަނީ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައެވެ.

2019 ވަނަ އަހަރު އޭޕްރީލްމަހުގެ 18 ވަނަ ދުވަހު ހޯރަފުށީ ފަޅުން 16ހެކްޓަރުގެ ބިން ހިއްކައިގެން އެރަށުގައި އެއަރޕޯޓް ތަރައްޤީކުރަން ފެށި މަޝްރޫޢަކީ ހއ.އަތޮޅުގެ އުތުރުގެ ރަށްތަަކަށް އޮތް ދަތުރުފަތުރުގެ ދަތިކަމަށް ޙައްލު ހޯދުމަށް ފެށި އުންމީދީ މަޝްރޫޢެކެވެ. ހއ. ހޯރަފުށީގައި މި އެއަރޕޯޓް ތަރައްޤީކޮށް ނިންމާލާފައި މިވަނީ މަސައްކަތުގެ އަމަލީ މަސައްކަތް ފެށިތާ 576 ދުވަސް ނުވަތަ ދޮޅު އަހަރު ދުވަހުގެ ތެރޭގައެވެ. މިއާއެކު މި އެއަރޕޯޓަކީ ި ބިން ހިއްކައިގެން އެންމެ އަވަހަށް މަސައްކަތް ނިންމާލި އެއަރޕޯޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރާޒީ
މިސޮރުމީ މާމޮޅު ތޮމާވެށި ސޮރެކޯ. މިވަރުތަނެއް ހަދާފަ ގަހެއްވެސް ޖަހާލަން ނޭގުނު ގަމާރެއް
މ މަޕެ
މިދެންް ކާކ. ކޮނ މާޕެއ
މ މަރްޔަމް
ޜައްކައިރީގަ އިންނަ ރަށެއްގަ އެއަރޕޯޓް އަޅަންހަމަޖައްސާފަ އޮއްވާ އަމިއްލަ އެދުން ބޮޑުކަމުން ވަރައްމޮޅުތަކެއްވާނެ ކަމައް ނަހުލާ އާ ސަލީމް ރަށައް ވަރައްމޮޅު ކަމެއް ތިއޮތީކޮށްދީފަ. ފަސްގަނޑު އެއްވަރު ކުރުވަން އަހަރުމެން ހުރިހާ އަންހެނުން ނިކުންނަން ޖެހުނީ
މ މޯޑު
ތިޔައޮތީ އަވަސްވެފަތާ ކަންދައްކަން އުޅެންޏާ ވާނެ ހައެތިތިވަނީ ރައްޔަތުންގެ ފައިސާ އިސްރާފުކުރުން ނޫންކަމެއް މިބައިގަނޑަކަށް ނުވާނެ