ކޯވިޑް-19 ޖެހިގެން ރާއްޖޭގައި އިތުރު މީހަކު ނިޔާވެއްޖެއެވެ. މިއީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގައި މި ބަލީގައި ނިޔާވި 5 ވަނަ މީހާއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ، މިރޭ 11:53 ހާއިރު އުމުރުން 63 އަހަރުގެ އަންހެނަކު ނިޔާވެފައިވާ ކަމަށެވެ. އަދިއެ މިހާއަކީ ކޮޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ މީހެއް ކަމަށްވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.
މިއީ ރާއްޖޭގެ ކޮވިޑްގެ 92 ވަނަ މަރެވެ. މި މަހުގެ 19 މަރެވެ. އަދި މި އަހަރުގެ 41 ވަނަ މަރެވެ. މިއަދު ފުރަތަމަ މަރުވީ އުމުރުން 86 އަހަރު މީހެއް ކަމަށެވެ. އޭގެ ފަހުން 64 އަހަރުގެ މީހަކުވެސް މަރުވިއެވެ. މި ދެ މީހުންނަކީ ހުޅުމާލޭގެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދިވެހި ދެ ފިރިހެނުންނެވެ.
އެ ފަހުން މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދިޔަ މީހެކެވެ. އުމުރުން 86 އަހަރުގެ އެ މީހާ މަރުވީ މިއަދު ހެނދުނު 9:05 ގައެވެ. މަރުވެފައިވަނީ ދިވެހި އަންހެނެކެވެ. އޭގެ ފަހުން މަރުވީ 78 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި 5 މީހުންނާއި އެކު މި ބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 92 އަރާފައެވެ.
ކޮމެންޓު ފޮނުވާ