ތަހުޤީޤު ނިމެންދެން މިނިސްޓަރ މާރިޔާ މަޤާމުގެ ޒިންމާތަކުން ދުރުކުރަންޖެހޭ: ޓޮމް

ތަހުޤީޤު ނިމެންދެން މިނިސްޓަރ މާރިޔާ މަޤާމުގެ ޒިންމާތަކުން ދުރުކުރަންޖެހޭ: ޓޮމް

Author
މުޙައްމަދު ޝަޒައިމް
14 މެއި 2021 09:27
0

ރައީސް ނަޝީދަށް ދެވުނު ޓެރަރިސްޓް ހަމަލާއާއި ގުޅިގެން މިހާރު ކުރިއަށްދާ ތަހުގީގް ނިމެންދެން ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ މަޤާމުން ދުރުކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް އެހަމަލާ ދިނުމުގެ ކުރިން ހަމަލާގެ މަައުލޫމާތު ލިބި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ ވިދާޅުވެފައެވެ. އިލްޔާސް ދެއްކެވި ވާހަކަތަކާއި، އަދި މިހާރު މިމައްސަލައިގެ ތަހުގީގް ކުރިއަށްދާއިރު މިނިސްޓަރ މާރިޔާ މަޤާމުގައި ހުރުމަކީ ދެފުއް ފެންނަ ގޮތަކަށް ތަހުގީޤް ގޮސްދާނެކަމަށް ސުވާލު އުފެދޭނެ ކަމަކަށްވާނެތީ އެންމެ ރަނގަޅު ގޮތަކީ މިނިސްޓަރ މަޤާމުން މިވަގުތަށް އެއްފަރާތް ވުންކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހްޤީޤް ނިމެންދެން، ޑިފެންސް މިނިސްޓަރު މާރިޔާ މަޤާމުގެ މަސްޢޫލިއްޔަތުން ދުރުކުރުމަކީ ދެފުުއް ފެންނަ ތަހްޤީޤަކަށް މުހިއްމު ކަމެއް. މިހާރު ތިލަވާ މަޢުލޫމާތާއި، ޕްރެސްގައި ދެއްކިވާހަކައަށް ބަލާއިރު މިނޫން ގޮތެއްނުފެނޭ.

– ތޯރިގު ވިދާޅުވިއެވެ.

މެއި 06، 2021 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބަޔަކު ދިން ހަމަލާއާ ގުޅޭ މަޢުލޫމާތު އިލްޔާސްއަށް ކޮންމެވެސް މިންވަރަކަށް ލިބިފައިވާކަމަށް ދެކެވޭ ވާހަކައާ ގުޅޭ ގޮތުންނާއި، އަދި ޑިފެންސް މިނިސްޓަރ މީޑިޔާގައި ދައްކަވާފައިވާ ވާހަތަކާއި ގުޅިގެން އިލްޔާސް ވަނީ ބަޔާނެއް ނެރުއްވާފައެވެ.

އިލްޔާސް ވިދާޅުވެފައިވަނީ ރައީސް ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވަކުމުގެ މަޢުލޫމާތު އާންމުންގެ މީހެއްގެ ފަރާތުން ލިބުމާގުޅިގެން، އެ މަޢުލޫމާތު ވަގުތުން ރައީސް ނަޝީދަށް ހިއްސާކުރިކަމަށެވެ.މީގެ އިތުރުން ރައީސް ނަޝީދަށް ހަމަލާދިން މައްސައްލައިގެ ތަޙްޤީޤަށް ދޭންޖެހޭ މަޢުލޫމާތާއި މިހާރުވެސް ދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. މިމައްސަލަ ތަޙްޤީޤުކުރަމުން ދަނިކޮން، މިމައްސަލައާ ގުޅޭ ގޮތުން ދައުލަތުގެ އިދާރާތަކަށް ލިބިފައިވާ މަޢުލޫމާތު، ޒިންމާދާރު މަޤާމުތަކުގައި ތިބޭ މީހުން އާންމުކޮށް، އެމަޢުލޫމާތު މީޑިއާގައި ބަހުސްކުރުމަށް ހުޅުވާލުމަކީ ޒިންމާދާރުކަމެއްކަމުގައި ޤަބޫލުނުކުރެވޭކަމަށްވެސް އިލްޔާސް ވިދާޅުވެފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މެންބަރު އިލްޔާސް ވަނީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއާއި ފޯނުން ގުޅުއްވާ 3 މިލިއަން ޑޮލަރަށް ރައީސް ނަޝީދަށް ބަޔަކު ހަމަލާ ދިނުމަށް ރާވަމުންދާކަމަށް ވިދާޅުވެފައެވެ. އެވާހަކަފުޅާއި ގުޅިގެން މާރިޔާ ވަނީ ރައީސް ނަޝީދުގެ ސެކިއުރިޓީ ކަންކަން އެމްއެންޑީއެފް އިން ބަލަމުންދާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމުގައި ހިމެނޭ ޖިނާއީ ކަންކަން ފުލުހުންނަށް އެންގުމަށް މިނިސްޓަރ ވަނީ އިލްޔާސްއަށް ދަންނަވާފައެވެ. މިއާއެކު މެންބަރުވެސް ވަނީ މިނިސްޓަރ އެކަން ފުލުހުންނަށް އަންގައިދިނުމަށް އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ދީފައިވާއިރު، އެހަމަލާގެ ކުރިން ހަމަލާއެއް ރާވަމުންދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް އަށް އެނގިފައިވާކަން މިވަނީ ހާމަވެފައެވެ. ނަމަވެސް ސަލާމަތީ ޚިދުމަތަކުގެ އިންޓަލިޖަންސްއަށް އެ ހަމަލާ ދޭން އުޅޭކަމުގެ މަޢުލޫމާތު އެނގިފައިނުވާތީ ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައެވެ.

އެމްއެންޑީއެފް އިންވެސް ވަނީ ރައީސް ނަޝީދަކީ ހައި ރިސްކު ބޭފުޅެއްކަމުން އަބަދުވެސް ސެކިއުރިޓީ ފޯރުކޮށްދެމުން އައިސްފައިވަނީ އެކަމަށް ބަލައިގެންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހަސަންބެ
މަސްއޫލިއްޔަތު ދުރުކުރަން ވީއަކީއެއްނޫން ވަގުތުން އިސްތިއުފާ ދޭންވީ