ހަތަރު ދުވަސްފަހުން ހުމައިމާ ފެނިއްޖެ

ހަތަރު ދުވަސްފަހުން ހުމައިމާ ފެނިއްޖެ

Author
މުޙައްމަދު ޝަޒައިމް
14 މެއި 2021 06:31
0

މާލެއިން ގެއްލިގެން ހޯދަން އިއުލާންކުރި ކުއްޖާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މޫގެ ހަތަރު ދުވަސްކުރިން ގެއްލިގެން ހޯދަން ފުލުހުން އިއުލާން ކޮށްފައިވަނީ މ. ގޯބިލިގަސްދޮށުގެ، އާމިނަތު ހުމައިނާ ޒަކަރިއްޔާ (21އ) އެވެ.

މި މެއި މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:15 އިން ފެށިގެން އާމިނަތު ހުމައިނާ ޒަކަރިއްޔާ ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް މިކަން ރިޕޯޓްކުރުމާ ގުޅިގެން އޭނާ ހޯދުމަށް ފުލުހުން ވަނީ އިއުލާން ކޮށްފައެވެ.

ފުލުހުން ބުނެފައިވަނީ އޭނާ ރޭ ދަންވަރު ފެނިފައިވާކަމަށެވެ. އަދި އޭނާވަނީ އަމިއްލައަށް ގެއަށް މިހާރު ގޮސްފައިކަމަށެވެ. ނަމަވެސް އޭނާ ގެއްލެން މެދުވެރި ސަބަބާއި، ހުރި ތަނަކާއި އެފަދަ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.