ތަހުޤީޤު ނުނިމެނީސް އެތައްބައެއްގެ އަބުރުކަތިލައި ކުށްވެރިނަށް ނުހެދޭނެ، އެގޯހެއް: ޤާސިމް

ތަހުޤީޤު ނުނިމެނީސް އެތައްބައެއްގެ އަބުރުކަތިލައި ކުށްވެރިނަށް ނުހެދޭނެ، އެގޯހެއް: ޤާސިމް

Author
މުޙައްމަދު ޝަޒައިމް
14 މެއި 2021 05:25
0

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރްސީގެ ބޮޑު ޚިޔާނާތުގެ ތަހުގީގުގެ ބޮޑުބައި މިހާރުވެސް ކުރިއަށްދާއިރު، އެތައްބައެއްގެ އަބުރު ކަތިލެވޭގޮތަށް ބޮޑު ލިސްޓެއް އާންމު ކުރުމަކީ ޒިންމާދާރު އެއްވެސް މުވައްސަސާއަކުން ކޮށްގެންވާނެ ކަމެއްނޫންކަމަށް ވިދާޅުވެ، ސަރުކާރު ކޯލިޝަންގެ ލީޑަރު ޤާސިމް އިބްރާހިމް ރައްދު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއާއި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން އާންމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން ބޮޑު ޚިޔާނާތުގެ މި މައްސަލާގައި މާލީ މަންފާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރޭގައި ސަރުކާރުގެ އެންމެ މަތީ މަޤާމުތަކުން ފެށިގެން އެންމެ އާދައިގެ މަޤާމްތަކުގައި ތިބި މީހުންވެސް ހިމެނެއެވެ. އޭގެ ތެރޭގައި ވަޒީރުންނާއި، މަޖިލިސް މެމްބަރުން، ފަނޑިޔާރުންނާއި، ފުލުހުންނާއި ސިފައިންވެސް ހިމެނެއެވެ. އަދި ބައެއް ބޭފުޅުންނަކީ މިހާރުވެސް ބޮޑެތި މަޤާމުތަކުގައި ތިއްބެވި ބޭފުޅުންކަންވެސް ފާހަގަކޮށްލެވެއެވެ.

ކޮމިޝަނުން ތަހުގީގަށް އެކުލަވާލާފައި ލިސްޓު މަޖިލީހުން އާންމު ކުރުމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު، ޤާސިމް ވިދާޅުވީ މިމައްސަލަގައި ވާހަކަފުޅު ދައްކަވަނީ އެއްވެސް މީހަކު ދިފާޢުކޮށް، އެއްވެސް މީހަކު ކުއްވެރި ކުރާކަށް ނޫންކަމަށެވެ. މިއީ ބޮޑު ޚިޔާނާތަކަށްވާއިރު، މިކަމުގައި ސީރިއަސް ތަހުގީގެއް ހިނގަމުންދާ ދަނޑިވަޅެއްގައި އެތައް ބައެއްގެ ނަން ހިމެނޭގޮތަށް ލިސްޓެއް އާންމު ކުރުމަކީ ޒިންމާދާރު ކަމެއް ނޫންކަމަސް ޤާސިމް ވިދާޅުވިއެވެ.

އަދި ޚާއްސަކޮށް މިކަން ރައްޔިތުންގެ މަޖިލީހުން ކޮށްފައިވާކަމީ ނުހަނު ހިތާމަކުރައްވާ ކަމެއްކަމަށް ޤާސިމް ވިދާޅުވިއެވެ. މިމައްސަލާގައި ކުރަންޖެހޭ މިންވަރާއި ގާތަށްވެސް ތަހުގީގު ނުކޮށް ބައެއްގެ ބޮލުގައި ތުހުމަތެއް އަޅުވާފައި ބޮޑު ލިސްޓެއް އާންމުކުރުމަކީ ކޮށްގެންވާނެ ކަމެއްނޫންކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި މިއީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކޮށްފައިވާ ކަމެއްކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.

އެހެނީ ބުއްދި ސަލާމަތުން ހުރި އެއްވެސް މީހަކަށް އެއީ މިފަދަ ބޮޑު ހިޔާނާތަކުން ހޯދާފައިވާ ފައިސާކަން އެނގޭނަމަ ދިނަސް އެ ފައިސާ ލިބިއެއްނުގަންނާނެ.

– ގާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ޤާނޫނު އަސާސީން ވަރަށް ސާފުކޮށް މީހަކު ކުށްވެރިއަކަށް ވަނީ ކިހިނެތްކަން ބަޔާންކޮށްފައި ވާކަމަށެވެ. އެނޫން ގޮތަކަށް ޤާނުނުތަކުގައި އަތް އަޅައި، އެތައް ބައެއްގެ މައުސޫމްކަން ނަގާލައި، ކުރެވޭ ތުހުމަތަކަށް އެއްވެސް ސުވާލެއް ކުރުމެއް އަދި ތުހުމަތު ކުރެވޭ މީހާއަށް ބަހެއް ބުނެލަންވެސް ވަގުތެއް ނުދީ ލިސްޓު އާންމު ކުރުމަކީ ޤާނޫނު އަސާސީއާއިވެސް ޚިލާފް ކަމެއްކަމަށެވެ. ރައްޔިތުންގެ މަޖިލީހަކީ ޤާނޫނު ހަދާ ޤާނޫނީ ހުކޫމަތު ދަމަހައްޓަންޖެހޭ މުއައްސަސާއަށްވާއިރު، މަޖިލީހުން މިފަދަ ކަމެއް ކުރަންވާނީ ވަރަށް ޒިންމާދާރުކަމާއިއެކު ޤާނޫނީ އިމުގެ ތެރެއިންކަމަށް ޤާސިމް ވިދާޅުވިއެވެ.

ކޮމިޝަނުން މިމައްސަލަ މިހާތަނަށް ތަހުގީގު ކޮށްފައިވާ މިންވަރަށް ބަލާއިރު ލިސްޓުގައި އޮތް 281 ނަމުގެ ތެރެއިން 63 ޕަސެންޓަކީ އެ މީހުންނާ ބެހޭ ގޮތުން އަދި މިހާތަނަށް ތަހުގީގު ވެސް ފަށާފައިނުވެއެވެ. ކޮމިޝަނުން ދީގެން މަޖިލީހުން އާންމުކުރި ލިސްޓުގެ ގިނަ މީހުންގެ ނަމާއި ދިމާލުގައިވަނީ “އިންފޮމޭޝަން ކަލެކްޝަން” ނުވަތަ އަދިވެސް މައުލޫމާތު އެއްކުރަމުން ދާ ކަމަށް ޖަހައިފައެވެ. މި މަރުހަލާގައި 176 ކޭސް އޮތް ކަމަށް ޖަހާފައި އެބަ އޮތެވެ. ތަހުގީގު ކުރިއަށްދާ ކަމަށް އޮތީ 69 ނަމެއްގަ އެވެ. އެއީ 24.7 ޕަސެންޓެވެ. އަދި ޕްރިލިމިނަރީ އިންވެސްޓިގޭޝަންގެ މަރުހަލާގައި އޮތީ އެންމެ 10 ނަމެކެވެ. އެއީ ތިން ޕަސެންޓެވެ.

އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 ފަރާތެއްގެ ނަން މިލިސްޓުގައި ހިމެނޭއިރު، ދަޢުލަތުގެ އެކިއެކި މަޤާމުގައި ތިބި 119 މީހަކު ހިމެނެއެވެ. މީގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 16 މެންބަރަކާއި، މީހާރުގެ ޔޫތު މިނިސްޓަރ އަޙްމަދު މަޙުލޫފް އާއި ޕްލެނިންގ އެންޑް ހައުސިން ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންއާއި އޮޑިޓަ ޖެނެރަލްގެ މަޤާމުން އިސްތިއުފާ ދެއްވާފައިވާ ހަސަން ޒިޔަތުގެ އިތުރުން ބައެއް ފުލުުހުންނާއި ސިފައިންވެސް ހިމެނެއެވެ. މީގެތެރެއިންވެސް މިނިސްޓަރ މަޙުލޫފުގެ ތަޙުޤީގުގެ ބައިނިމި މިހާރުވަނީ ދަޢުވާކުރުމުގެ މަރުހަލާގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަލީމް
މީނަޔަށް ބަދަލުދީދީ ޤަޢުމުހުސްވެއްޖެ ..އަދިވެސްނުވޭބާމާތިރިވާކަށް .... ކާޑެށްދޫއެޔާޕޯޓާކީ ވިލާގެމިލްކިށްޔާތެއްނޫން އެއީދިވެހިރަޔިތުންގެ.މިކެއް ހަދަފުނުނެތުނީތޯ ..... ހުރިހާރަސެށްވެސް ކަލެޔައް ހުރިހާއެޔާ ޕޯޓެށްވެސްކަލެޔައް.. ރައްޔިތުއްައްކޯޗެއްތޯ އެއީމުރާލިވީމާވާގޮތެއްތޯ....