ހޯމް މިނިސްޓަރ އިމްރާން މާދަމާ މަޖިލީހަށް ހާޒިރުކުރަނީ

ހޯމް މިނިސްޓަރ އިމްރާން މާދަމާ މަޖިލީހަށް ހާޒިރުކުރަނީ

Author
މުޙައްމަދު ޝަޒައިމް
20 އޮކްޓޯބަރ 2020 09:39
0

ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލުގެ މަސައްކަތް ފެއްޓޭނެ ތާރީހެއް އޮޅުން ފިލުމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ސުވާލު ކުރެއްވުން މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މިނިސްޓަރ އިމްރާން މަޖިލީހަށް ހާޒިރުކުރަނީ ހދ.ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލުގެ މަސައްކަތާއި ގުޅޭގޮތުން މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ، ކުރައްވާ ސުވާލުގެ ޖަވާބު ހޯދުމަށެވެ. މެމްބަރު ރާއީގެ ސުވާލުގައިވަނީ މިއަހަރުގެ ބަޖެޓުގައި ނޭކުރެންދޫ ޖަލުގެ ފުރަތަމަ ފޭސް ކުރިއަށް ގެންދިއުމަށް -/174،000 މިލިޔަން ރުފިޔާ ޖަހާފައިވާކަމަށެވެ. ނަމަވެސް މަސައްކަތް ނުފެށި ދާ ސަބަބާއި، މަސައްކަތް މިއަހަރު ފެށޭނަމަ ފެށޭނެ ތާރީޚަކާއި، ނިމޭނެ ތާރީހެއް އޮޅުން ފިލުމަށް ރާއީގެ ސުވާލުގައި ހިމަނާފައިވެއެވެ.

މިމައްސަލާގައި މިނިސްޓަރ އިމްރާން ވަނީ މިއަހަރުގެ ޖޫމް މަހުގެގައިވެސް މަޖިލީހަށް ހާޒިރުކޮށްފައެވެ. އެދުވަހުގެ ޖަލްސާގައި މިނިސްޓަރ އިމްރާން ވިދާޅުވީ  މިޖަލަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދެއްކަމަށެވެ. ކޯވިޑް19 އާއި ގުޅިގެން މަސައްކަތް ހުއްޓިފައި ވީނަމަވެސް ބަޖެޓް ތަންދިން މިންވަރަކުން މަސައްކަތް މިއަހަރުގެ ތެރޭގައިވެސް ކުރިއަށް ގެންދާނެކަމަށެވެ.

ހދ. ނޭކުރަންދޫގައި ޖަލެއް އެޅުމަށް މިއަހަރުގެ ބަޖެޓުންވަނީ 4.17 މިލިޔަން ރުފިޔާ ހިމަނާ ފައެވެ. ކޯވިޑް19 އާއި ގުޅިގެން މަސައްކަތް ހުއްޓިފައިވީނަމަވެސް އަލުން މިމަސައްކަތް ފެއްޓުމަށްޓަކައި މުރާޖާކޮށް ބަޖެޓްހުރި މިންވަރަކުން މަސައްކަތް ފަށައި މިއަހަރުގައިވެސް ކޮންމެވެސް ވަރަކަށް މަސައްކަތް ފެށިގެންދިއުމަކީ އުންމީދެއްކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.