ރާއްޖެއިން ފެންނަނީ ތިންބާރު އެއްވެފައިވާ ޚުދުމުހުތާރު ރަސްކަމެއްގެ ސިފަ: ރިޔާޒު

ރާއްޖެއިން ފެންނަނީ ތިންބާރު އެއްވެފައިވާ ޚުދުމުހުތާރު ރަސްކަމެއްގެ ސިފަ: ރިޔާޒު

Author
މުޙައްމަދު ޝަޒައިމް
14 މެއި 2021 05:05
0

ރާއްޖެއިން މިއަދު ފެނިގެން ދަނީ ތިންބާރު އެއްވެފައިވާ ޚުދުމުހުތާރު ރަސްކަމެއްގެ ސިފަ ކަމުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ޕޮލިޓިކަލް އެޑްވައިޒަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބައިވެރިވި މީހުންކަމަށްބުނެ އާންމުކުރި ލިސްޓާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަ މި ދަނޑިވަޅުގައި އެލިސްޓުގައި ނަން އޮތް ކުރީގެ ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ މިއަދު ރާއްޖެއިން ފެނިގެންދަނީ ޤާނޫނު އަސާސީގެ ކަނޑައަޅާފައިވާ ނިޒާމުން ބޭރުން ޚުދުމުހުތާރު ވެރިކަމެއް ކުރަމުންދާތަން ކަމަށެވެ. ރާއްޖެއިން މިހާރު ފެނިގެންދަނީ ޚުދުމުހުތާރު ރަސްކަމެއް ކުރަމުންދާތަން ކަމަށް ރިޔާޒު ވިދާޅުވިއެވެ.

އާޤާނޫނުއަސާސީގައި އޮންނާނީ މިރާއްޖޭގަ މިއޮތީ ފުރިހަމަ ރިޔާސީ ނިޒާމެއްކަމަށް ނަމަވެސް މިހާރު މިފެންނަނީ ތިންބާރުއެއްވެފައިއޮތް ހުދުމުހުތާރު ރަސްކަމެއްގެސިފަ.

– ރިޔާޒު ރަޝީދު ވިދާޅުވިއެވެ. 

ރިޔާޒު ވިދާޅުވީ ޚިޔާނާތުގައި ބައިވެރިވިކަމަށް ބުނެ 281 މީހެއްގެ ނަން އާންމުކޮށްފައިވާއިރު އެއެންމެން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ނުކުރަނީ ކީއްވެތޯ ސުވާލު އުފެދޭކަމަށެވެ. އެއްވެސް ވަރަކަށް އެހުމެއް އަދި ބެލުމެއްނެތި އެތައްބައެއްގެ އަބުރު ކަތިލެވޭ ގޮތަށް އާންމުކޮށްފައިވާ ލިސްޓާއިގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ތިޔަ ލިސްޓުގައި ނަންއޮތްއެންމެން މަޖިލިސް ކޮމިޓީ އަށް ހާޒިރުކޮށް ސުވާލުކުރަން ނުކެރުނީކީއްވެތޯ؟

– ރިޔާޒު ރަޝީދު ވިދާޅުވިއެވެ. 

އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރެއިން ދައުލަތުގެ އެކި މަޤާމުތަކުގައި ތިއްބެވި މީހުން މަޤާމުތަކުން ވަކިކުރުމަށް ޖުޑީޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ވަނީ ނިންމާފައެވެ.

ކޮމިޓީން ވަނީ މައިގަނޑު 8 ކަމެއް ކުރުމަށް ނިންމާފައެވެ. އެގޮތުން ތުހުމަތުކުރެވޭ މީހުންގެ ތެރެއިން އިންތިޚާބީ މަގާމުތަކުގައި ތިބި މީހުން ވަކިކުރެވޭނީ ޝަރުއީ ހުކުމަކުން ނުވަތަ އެ ފަރާތްތައް އަމިއްލައަށް އިސްތިއުފާ ދިނުމުން ކަމަށްވުމުން އެފަދަ ފަރާތްތަކުގެ ތަޙުޤީގު އަވަސްކުރަން އެސެޓް ރިކަވަރީ ކޮމިޝަނަށް އެންގުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

B Bulbul
Kaley anga nugalhaa Riyaz. Kaley thie maa hudhu kaafoorukolhehaa saafu meehakeetha. Thives migaumah oih balaa.