މޫސުން ވަރަށް ބޮޑަށް ގޯސްވެ ހއ. ހޯރަފުށި އެއާޕޯޓަށް އުދައަރަމުންދާތީ އެ އެއާޕޯޓަށް ކުރަމުން ދިޔަ ދަތުރުތައް މެދުކަނޑާލައިފިއެވެ.
ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްވަނީ ހޯރަފުށީ އެއާޕޯޓަށް އުދައަރާ ވީޑިއޯއެއްވެސް ހިއްސާކޮށްފައެވެ. އެވީޑިއޯގައިވެސް ވަރަށް ބޮޑަށް ރަންވޭ މައްޗަށް އުދަ އަރައި، ވެއްޔާއި ގަލުން ރަންވޭ ފޮރުވިފައިވާތަން ފެނެއެވެ. މޫސުން ގޯސްވެ ގަދަވަޔާއިއެކު އެއާޕޯޓްގެ ޓާމިނަލްއަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
Powerful consistent winds from the low pressure area in the S ArabianSea are being observed in Maldives as Hoarafushi & its airport undergo coastal flooding. Weather forecasts show extreme waves up to 4 m approaching Hoarafushi. Such frequent events can be devastating for us! pic.twitter.com/OfSyXzcSVj
— Ahmed Saleem (@SalleHoarafushi) May 14, 2021
ހޯރަފުށީ އެއާޕޯޓް ގެއްލުންތައް ވުމާއިގުޅިގެން މިހާރުވަނީ ދަތުރުތައްވެސް މެދު ކަނޑާލާފައެވެ. ހޯރަފުށި އެއާޕޯޓަށް ރާޅު އަރަނީ ހިލަ ނުޖަހާ އޮތް ސަރަހައްދަކުންނެވެ. އެ ސަރަހައްދުން ވަރަށް ބޮޑަށް ރާޅު އަރަމުންދާތީ ވެލިބަސްތާ ޖަހައި، ރާޅުން ލިބޭ ގެއްލުން ކުޑަކުރަން މިހާރު ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ރާއްޖޭގެ ހުޅަނގު އުތުރުން، އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ، އޭގެފަހުން ތޫފާނަކަށްވެސް ބަދަލުވުމުގެ ފުރުޞަތު އޮތްކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ. މެޓް އޮފީހުން ވިދާޅުވީ މިކޮޅިގަނޑު ޖެހެމުން ދާނީ އުތުރު ހުޅަނގުއުތުރަށް ރާއްޖެ އާއި ދުރަށްކަމަށާއި، އެ ކޮޅިގަނޑާއި ގުޅިގެން ރާއްޖޭގެ އަތޮޅުތަކުގެ މަތީގައި ގިނައަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުންދެމުންދާކަމަށެވެ.
އަދި ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ޞަރަޙައްދުގައި ޚާއްސަކޮށް އުތުރާއި މެދުތެރޭގެ ސަރަޙައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
ކޮމެންޓު ފޮނުވާ