މާލެ ސަރަހައްދުގައި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ހަވީރު ހަތަރެއް ޖަހަންދެން

މާލެ ސަރަހައްދުގައި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ހަވީރު ހަތަރެއް ޖަހަންދެން

Author
މުޙައްމަދު ޝަޒައިމް
13 މެއި 2021 05:56
0

ކޯވިޑް-19ގެ ހާލަތު ރައްޖޭގައި އިންތިހާއަށް ގޯސްވެ، ބަލީގެ ނުރައްކާތެރިކަން ބޮޑުވުމާއި ގުޅިގެން މާލެ ސަރަހައްދެ ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ކޮންމެ ދުވަހެއްގެ ވެސް ފަތިހު 5:00 އިން ހަވީރު 4:00 އަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުނީ، މި ބަދަލު ގެނަައި ނަމަވެސް ފުލުހުމްގެ ހުއްދައާއެކު، ހަވީރު 4:00 އިން ދަންވަރު 12:00 އާ ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށެވެ. އަދި ހުރިހާ ތަނަކުން ވެސް ކޯވިޑުން ރައްކާތެރިވާން އެޗްޕީއޭ އިން އެކުލަވައިލާފައިވާ ގައިޑްލައިންތަކަށް އަމަލު ކުރުމަށް އެ މިނިސްޓްރީން އެދެއެވެ.

ކޯވިޑާ ގުޅިގެން އަޅާ ފިޔަވަޅެއްގެ ތެރެއިން ކެފޭ ރެސްޓޯރަންޓްތަކުގެ އެތެރޭގައި ތިބެގެން ޚިދުމަތް ދިނުންވެސްވަނީ މަނާކޮށްފައެވެ. ފުލުހުން ވިދާޅުވީ މި ޚިދުމަތް ދިނުމަށް މިއަހަރުގެ ފެބްރުއަރީ 13ގެ ފަހުން ފުލުހުން ދޫކޮށްފައިވާ ފާސްތައް ބޭނުންކުރެވޭނެކަމަށެވެ. އަދި އަލަށް ޑެލިވަރީގެ ޚިދުމަތަށް އެދޭ ފަރާތްތަކަށްވެސް ހުއްދަ ދެމުންދާނެކަމަށެވެ.

ކޯވިޑް-19 ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މާލެ ސަރަޙައްދުގައި ބޭރަށް ނިކުމެ އުޅެވޭ ވަގުތުވަނީ މަދުކޮށްފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލުގައިވާގޮތުން، ހުއްދަ ނެތި ހަވީރު 16:00އިން ފަތިހު 04:00އަށް ބޭރުގައި އުޅުމަކީ މަނާކަމެކެވެ. މިއާ ގުޅިގެން ޒަރޫރީ ބޭނުންތަކުގައި ނުވަތަ ޚާއްސަ ހާލަތްތަކުގައި ބޭރަށް ނިކުންނަންޖެހޭ މީހުންނަށް ބޭރަށް ދެވޭނީ ފުލުހުންގެ ހުއްދައާއެކުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.