އަދީބުގެ ވަކީލަކަށް ވުމަކީ ޚިޔާނާތުގެ ބައިވެރިއަކަށް ވާންޖެހޭ ސަބަބެއްނޫން: އަލީ ހުސެއިން

އަދީބުގެ ވަކީލަކަށް ވުމަކީ ޚިޔާނާތުގެ ބައިވެރިއަކަށް ވާންޖެހޭ ސަބަބެއްނޫން: އަލީ ހުސެއިން

Author
މުޙައްމަދު ޝަޒައިމް
13 މެއި 2021 10:20
0

ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ވުމުގެ ކުރިން ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބުގެ ޤާނޫނީ ވަކީލަކަށް ވުމަކީ ޚިޔާނާތުގެ ބައިވެރިއަކަށް ވާންޖެހޭ އެއްވެސް ސަބަބެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ލިސްޓު މަޖިލީހުން އާންމުކޮށްފާވާއިރު، މިހާތަނަށް އެލިސްޓުގައި ނަންއޮތް މީހުންގެ ތެރެއިން ގިނަ މީހުންނަށް ލިސްޓުގައި ނަން އޮވެގެން ގުޅާފައި އެފަދަ ފައިސާއެއް ލިބުނުތީ އަހާލާފައި ނުވާކަމަށް ދަނީ ބުނަމުންނެވެ. އަދި އެއްވެސް ތަހިގީގެއް ކުރުމެއްނެތި އަބުރު ކަތިލުމަށް ކުރެވޭ މިފަދަ ޒިންމާދާރު ނޫންކަމަކީ ބަލައި ގަނެވޭނެ ކަންތައްތަކެއް ނޫންކަމަށް މިބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.

ލިސްޓުގައި ނަން އޮތް ބޭފުޅުންގެ ތެރެއިން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވި އޭނާއަށް MMPRC ގެ އެއްވެސް ފައިސާއެއް ލިބިފައެއް ނޯންނާނެ ކަމަށެވެ. އަދި އޭނާއަކީ އެ ބޮޑު ޚިޔާނާތުގެ ބައިވެރިއެއް ނޫން ކަމަށާއި، މަޖިލީހަށް ހޮވުމުގެ ކުރިން އަދީބުގެ ގާނޫނީ ވަކީލަކަށް ވުމަކީ ޚިޔާނާތުގެ ބައިވެރިއެއްގެ ގޮތުގައި އޮންނަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލީހުން ބޮޑު ލިސްޓެއް ނެރެ އާންމުކޮށްފައިވާއިރު މިކަމުގައި ހަމަ ހޭވެސް އަހާނުލައި މިކަން ކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށެވެ.

އެއްވެސް ޒިންމާދާރު ކަމެއްނެތި ހަމަ ހޭވެސް އަހާލުމެއްނެތި އަދި ދިފާޢު ވުމުގެ ފުރުސަތުވެސް ނުދީ ރައްޔިތުންގެ މަޖިލީހުން MMPRC ގެ ޚިޔާނާތުގެ ލިސްޓުކަމަށް ބުނެ ލިސްޓެއް އާންމުކޮށް މީހުންގެ އަބުރު ކަތިލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ދަށުދަރަޖައިގެ ޢަމަލެއް މަޢުސޫމް ކިތަންމެ މީހުންނެއްގެ ފޮޓޯ އާއި ނަން އެ ލިސްޓުގައި އެބައޮތްކަން ހަމަޔަޤީން ހަމަ ގައިމުވެސް އަޅުގަނޑުMMPRC ގެ ޚިޔާނާތުގައި އެއްވެސް ގޮތަކަށް ބައިވެރި ނޯންނާނެ.

– އަލީ ހުސެއިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 2011 ވަނަ އަހަރުން ފެށިގެން މަޖިލިސް މެމްބަރުކަމުގެ ހުވާ ކުރުމާއި ހަމައަށް އަދީބުގެ އެދުމުގެ މަތީން ތަފާތު އެކި ފަހަރު މަތީން ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ޤާނޫނީ ވަކީލުކަން ކޮށްދެއްވާފައިވާނެކަމަށެވެ. މިކަންކަމަކީ އޮޅިވާލެވޭނެ ކަންކަމެއް ނޫންކަމަށާއި، އެކަމުގެ ހެކިވެސް އެބަހުރިކަމަށެވެ.

2011 ވަނަ އަހަރުން ފެށިގެން މެއި 2014 ވަނަ އަހަރު ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުގެ ހުވާކުރުމާ ހަމަޔަށް އަހްމަދު އަދީބުގެ އެދުމުގެ މަތީން ތަފާތު އެކި މައްސަލަތަކުގައާއި އަދި ދިވެހި ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ގާނޫނީ ވަކީލުގެ ހައިސިއްޔަތުން ތަފާތު އެކި މައްސަލަ ތަކުގައި ޤާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިކަން ފޯރުކޮދީ އަދި މަސައްކަތް ކޮށްދީފައިވާނެ. އެކަން ސާބިތުކޮށްދެވޭނެ ކިތާބީ އަދި ޝަފަހީ ހެކި އެބަހުރި.

– އަލީ ހުސެއިން ވިދާޅުވިއެވެ.

އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 ފަރާތެއްގެ ނަން މިލިސްޓުގައި ހިމެނޭއިރު، ދަޢުލަތުގެ އެކިއެކި މަޤާމުގައި ތިބި 119 މީހަކު ހިމެނެއެވެ. މީގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 16 މެންބަރަކާއި، މީހާރުގެ ޔޫތު މިނިސްޓަރ އަޙްމަދު މަޙުލޫފް އާއި ޕްލެނިންގ އެންޑް ހައުސިން ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންއާއި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތުގެ އިތުރުން ބައެއް ފުލުުހުންނާއި ސިފައިންވެސް ހިމެނެއެވެ. މީގެތެރެއިންވެސް މިނިސްޓަރ މަޙުލޫފުގެ ތަޙުޤީގުގެ ބައިނިމި މިހާރުވަނީ ދަޢުވާކުރުމުގެ މަރުހަލާގައެވެ.

އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރެއިން ދައުލަތުގެ އެކި މަޤާމުތަކުގައި ތިއްބެވި މީހުން މަޤާމުތަކުން ވަކިކުރުމަށް ޖުޑީޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކަސަބު
އަލީ ހުސައިން އަށް އޮޅުނީތީ ހިތާމަކުރަން. ޚިޔާނާތުގެ ފައިސާއިން ބައިއެޅުނުމީހުންގެ ގޮޅިން ޖާގަ ލިބުނީމާ ޚިޔާނާތުގެ ސިފަ ނުޖެހޭނެ އެއްވެސް ގޮތެއް ނޯންނާނެ