ލިސްޓުގައި އޮތް ޚިޔާނާތުގެ ފައިސާލިބުނު މީހުން މަޤާމުތަކުން ވަކިކުރަން ފާސްކޮށްފި

ލިސްޓުގައި އޮތް ޚިޔާނާތުގެ ފައިސާލިބުނު މީހުން މަޤާމުތަކުން ވަކިކުރަން ފާސްކޮށްފި

Author
މުޙައްމަދު ޝަޒައިމް
12 މެއި 2021 07:06
0

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރެއިން ދައުލަތުގެ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން މަޤާމުތަކުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިމައްސަލަ ދިސާރާކުރާ ސަބް ކޮމިޓީން ފާސްކޮށްފިއެވެ.

މިމައްސަލަ މިގޮތަށް ފާސްކުރުމަށް ހުށަހަޅުއްވީ މަޖިލިސް ނާއިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ. ކޮމިޓީން މި ހުށަހެޅުން ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. މިހުށަހެޅުން ސަބް ކޮމިޓީޏް ފާސްވުމުން، މިމައްސަލަ ބަލާ މައި ކޮމިޓީއަށް މައްސަލަ ފޮނުވޭނެއެވެ. އަދި މައިކޮމިޓީން ނިންމާ ނިންމުން މަޖިލިސް ތަޅުމަށް ފޮނުވިގެންދާނެއެވެ. މިމައްސަލަ ބަލަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާއި، ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ ގެ ޖޮއިންޓް ކޮމިޓީއަކުންނެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާގައި ޖެހުނުކަމަށް ބުނާ މީހުންގެ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ އެދިވަޑައިގަތުމަށް ތަހުގީގީ އިދާރާތަކުން ވަނީ ފޮނުވާފައެވެ. އެ ލިސްޓްގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު 281 މީހެއްގެ ނަން ވަނީ ހިމަނާފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބެލުމަށް ހޯމަ ދުވަހުގެރޭ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވީ، ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުން މިވަގުތު އެންމެ އިސްކަމެއް ދޭންޖެހޭނީ ސަރުކާރުގެ މަޤާމުތަކުގައި މިހާރު ތިއްބެވި މީހުންނަށްކަމަށާއި، ސަބަބަކީ އެމީހުން މަޤާމުގައި ތިބެގެން ތަހުގީގަށް ނުފޫޒް ފޯރުވުމާއި، ދައުލަތުގެ މިސްރާބު ބަދަލުކުރުމަށް މަސައްކަތްކުރުމުގެ ފުރުޞަތު އޮތުމުންކަމަށެވެ.

އެހެންކަމުން ތަހުގީގީ އިދާރާތަކަށް އެމީހުންގެ މައްޗަށް ދައުވާކުރެވޭނެ ވަރަށް ހެކި ނެތްނަމަވެސް އަދި ދައުވާ ސާބިތު ނުކުރެވުނުނަމަވެސް އެމީހުން ސަރުކާރުގެ މަޤާމުތަކުން ދުރުކުރުމަށް މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށައެޅުއްވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް ބުނާ މީހުންގެ ލިސްޓް ކޮމިޓީން ވަނީ ސިއްރުކޮށްފައެވެ. އެ ލިސްޓް ޢާންމު ނުކުރުމަށް މެންބަރުން ދަނީ ބާރުއަޅަމުންނެވެ. ނަމަވެސް މިހާރުވަނީ ކުރިންވެސް ލީކުވިގޮތަށް ފައިސާ ލިބުނުކަމަށް ބުނާ މީހުންގެ ލިސްޓެއް އާންމުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.