ޚިޔާނާތުން ލިބުނުކަމަށްބުނާ ލާރީގެ ވާހަކަ ޓީވީން ލައިވްކޮށް މަޖިލިސް ކޮމިޓީގައި ކިޔައިދޭން ބޭނުން: މޫސަ

ޚިޔާނާތުން ލިބުނުކަމަށްބުނާ ލާރީގެ ވާހަކަ ޓީވީން ލައިވްކޮށް މަޖިލިސް ކޮމިޓީގައި ކިޔައިދޭން ބޭނުން: މޫސަ

Author
މުޙައްމަދު ޝަޒައިމް
12 މެއި 2021 10:24
0

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކަށް އެމްއެމްޕީއާރުސީގެ ފައިސާ ލިބުނުކަމަށްބުނެ އަނެއްކާވެސް ދައްކަމުންދާ ވާހަކަތައް ޓީވީން ލައިވްކޮށް މަޖިލިސް ކޮމިޓީގައި ކިޔައިދޭން ބޭނުންވާކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ދައުރުވަމުންދާ ލިސްޓުގައި މޫސަގެ ނަން އޮވެ، އެޚަބަރު ބައެއް މިޑިޔާތަކުން ކަވަރުކޮށްފައިވާތީ މޫސަ ވިދާޅުވީ މިވާހައަކީ 2019 ވަނަ އަހަރުގައިވެސް ނޫސްތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދި ވާހަކައެއް ކަމަށެވެ. އެފަހަރު އެކަން އެހެން ވުމުން އަމިއްލަ ފުޅަށް އޭސީސީއަށް ވަޑައިގެން އެފައިސާގެ ވާހަކަ ކިޔައިދެއްވި ކަމަށާއި މިފަހަރު ބޭނުންވަނީ ލައިވް ޓީވީ ކުރިމަތީގައި އެވާހަކަ ކިޔައިދޭން ކަމަށް މޫސަ ވިދާޅުވިއެވެ.

2019 ގައިވެސް ނޫސްތަކުގެ ފަލަސުރުޚީ އަށް އައި ވާހަކައެއް އަޅުގަނޑުގެ އެކައުންޓަށް އެސްއޯއެފުން އެއްލައްކަ ޑޮލަރު ޖަމާކުރިވާހަކަ. އެފަހަރު އަމިއްލައަށްގުޅާފަ އޭސީސީއަށް ޙަގީގަތް ކިޔާދިނިން، މިފަހަރު ޓީވީން ލައިވްކޮށްފަ މަޖްލީހުގެކޮމެޓީގަ ޖަވާބުދޭންބޭނުން.

– މޫސަ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާގައި ޖެހުނުކަމަށް ބުނާ މީހުންގެ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ އެދިވަޑައިގަތުމަށް ތަހުގީގީ އިދާރާތަކުން ވަނީ ފޮނުވާފައެވެ. ތަހުގީގީ އެ އިދާރާތަކުން ފޮނުވި ލިސްޓް ދިރާސާކުރަމުން އަންނަނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ ނުވަތަ 241 ކޮމިޓީއާއި، މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީއަކުންނެވެ. ތަހުގީގީ އިދާރާއަކުން ފޮނުވި ލިސްޓްގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު 281 މީހެއްގެ ނަންވަނީ ހިމަނާފައެވެ.

އެ ލިސްޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި އެ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ކަމަށް ބުނާ ފައިސާގެ އަދަދާ ގުޅޭ އެކި ވާހަކަތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި ބައެއް ނޫސްތަކުގައި އެ ވާހަކަތައް ދަނީ ރިޕޯޓް ކުރަމުންނެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ބަލާ ކޮމިޓީން އަންނަނީ ކޮރަޕްޝަނާއި ގުޅޭގޮތުން މުޢާމަލާތުކޮށްފައިވާ 70،000އަށްވުރެ ގިނަ މެސެޖުވެސް ދިރާސާކުރަމުންނެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންނާއި، ސަރުކާރުގެ މަގާމުގައިތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ އިތުރުން ބައެއް ފަނޑިޔާރުންނަށްވެސް ލިބިފައިވާކަމަށް ތަހުގީގީ އިދާރާތަކުން ކުރިން ހާމަކުރައްވާފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުންކޮށްފައިވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުގީގުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފޫހި
ބަލަ އަހަރެމެމްނަކަށް މޮހޯމެން ފައިސާ ޖަމާނުކުރޭ ދެން ކީއްވެ ކަލޭމެމްނަށް ޖަމާކުރީ. މޫސައަށް އެއްވެސް އެއްޗެއްނުލިބި ތިޔަހާ ބޮޑު މުއްސަދި ކަމެއްތިހިރީ ލިބިފަ. ތިޔައީ އެންމެންދަންނަ ބޮޑުސިއްރު