ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް އެމަނިކުފާނުގެ އާއިލައިން ނިންމައިފިއެވެ.
ރައީސް ނަޝީދުގެ ބޭބޭފުޅު ޑރ.އިބްރާހީމް ނާޝިދު ވިދާވީ، ރައީސް ނަޝީދުގެ ފުރާނައަށް ގެއްލުވާނެ އެއްވެސް ކަމެއް މިވަގުތުނެތްކަމަށް ޑޮކްޓަރުން ހާމަކޮށްފައިވާކަމަށެވެ. އަދި އެމަނިކުފާނުގެ ހާލުކޮޅު ވަރަށް ރަނގަޅުވަމުން އަންނަކަމަށް ވިދާޅުވިއެވެ. އިތުރު ފަރުވާއަށް ޖަރުމަންވިލާތަށް ގެންދިއުމުގެ ވިސްނުން އާއިލާއިން ގެންގުޅޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއަދު ތާރީޚެއް ފައިނަލް ކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ.
ޑޮކްޓަރުންނާއި ހަވާލާދީ ޑރ.ނާޝް ވިދާޅުވީ، ރާއްޖެއިން ދެވޭނެ ފަރުވާ މިހާރު ރައީސް ނަޝީދަށް ދެވިފައިވާކަމަށާއި، އެމަނިކުފާނަށް އެއްވެސް ނުރައްކަލެއް މިހާރު ނެތްކަމަށެވެ.
މިއަދު އަދި ފައިނަލް ކުރެވޭނެ ބޭރަށް ދާނެ ތާރީޚެއް ޑޮކްޓަރުންނާ ވާހަކަ ދައްކާފަ
ޑރ.ނާޝް ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި ސީރިއަސް ޒަޚަމްތަކެއް ލިބި ރައިސް ނަޝީދަށް އޭޑީކޭގައި އަންނަނީ ފަރުދެމުންނެވެ. އެމަނިކުފާނުގެ ގިނަ ސާޖަރީތަކެއް ހަދާފައިވެއެވެ.
އެންމެ ބޮޑު އަނިއްޔާއެއް ވެފައިވަނީ އެމަނިކުފާނުގެ ހަށިކޮޅުގެ އެތެރޭގެ ގުނަވަންތަކަށެވެ. ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ، ގޮއްވާލި އަބޮމުން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށް އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ވަނީ ހާމަކޮށްފައެވެ. މި އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ