ދިވެހިރާއްޖެއަކީ ފެއިލްވެފައިވާ ދައުލަތެއްކަމަށް، އދ.ގެ ރެޕަޓުއަރ އަދި އެމްޑީޕީ ސަރުކާރުގެ ކުރީގެ ފޮރިން މިނިސްޓަރ ޑރ.އަޙްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ނިޒާމަށާއި، ސިޔާސީ މީހުނާމެދު ޢާންމުންގެ ހިތްތަކުގައި އުހެދިފައިވާ ނުތަނަވަސްކަމާ ގެއްލެމުންދާ އިތުބާރު އަލުން އަނބުރާ ހޯދުމަށް، ދުސްތޫރީ ނިޒާމު ހަރުދަނާ ކުރަންޖެހޭކަމަށް މީހަކު ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެން ޑރ.ޝަހީދު ވިދާޅުވީ، ދިވެހި ދައުލަތަކީ ފެއިލްވެފައިވާ ދައުލަތެއްކަމަށެވެ.
ޝަހީދު ވިދާޅުވީ، ރާއްޖޭގައި ރަނގަޅަށް މަސައްކަތްކުރާ އެއްވެސް ވުޒާރާއެއް އަދި މުއައްސަސާއެއްވެސް ނެތްކަމަށާއި، އޭޑީކޭ ހޮސްޕިޓަލުގެ ފެންވަރަށް މަސައްކަތްކޮށްލެވޭނެ ތަނެއްވެސް ނެތްކަމަށެވެ. އެންމެ ބޮޑަށް ހިމާޔަތް ދޭންޖެހޭ މީހާއަށް ރައްކާތެރިކަން ނެތީ އެހެންވެކަމަށްވެސް ޑރ.ޝަހީދު ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ "ފެއިލްޑް ސްޓޭޓް"އެއް. ރަނގަޅަށް މަސައްކަތްކުރާ އެއްވެސް މުއައްސަސާއެއް، އިދާރާއެއް ނެތް! އޭޑީކޭ ހޮސްޕިޓަލްގެ ފެންވަރަށް މަސައްކަތް ކޮށްލެވޭނެ ވުޒާރާއެއް، އިދާރާއެއް، މަރުކަޒެއް، މަދަރުސާއެއް ނެތް! އެންމެ ބޮޑަށް ހިމާޔަތްދޭންޖެހޭ މީހާއަށް ރައްކާތެރިކަން ނެތީ އެހެންވެ.
– ޑރ.ޝަހީދު
Dhivehi Raajje aky “failed state” eh. Ran’galhah masakkaiykuraa evves muahsasaaeh, idhaaraa eh neiy! @ADKNashid ge hospitalge fenvarah masakkaiy kollevey wuzaaraa eh, idhaaraaeh, marukazeh, madharusaa eh neiy! Emme bodah himmayaiy dheynjehey meehaa ah rakkaatherikan nethee ehenve https://t.co/Ggg0YD85V6
— Ahmed Shaheed (@ahmedshaheed) May 10, 2021
ޑރ.ޝަހީދު މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލިސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ ހައިރިސްކު ބޭފުޅެއްކަމަށާއި، ދައުލަތުން އެންމެ ބޮޑު ސެކިއުރިޓީއެއް ފޯރުކޮށްދޭ ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ ފިޔަވާ ރައީސް ނަޝީދުކަމަށް ސަލާމަތީ ބާރުތަކުން ވަނީ ބުނެފައެވެ.
ނަމަވެސް ރައީސް ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލާ، އެމަނިކުފާނަށް ބޮޑު އަނިޔާއެއް ލިބިގެން ދިޔައިރުވެސް، ސަލާމަތީ ބާރުތަކުގެ އެއްވެސް ތަނަކަށް އިންޓެލިޖެންސް މަޢުލޫމާތެއް ލިބިފައިނުވާކަމަށް ވަނީ ބުނެފައެވެ. މިއާއެކު ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރާއި ސަލާމަތީ ޚިދުމަތްތަކަށް ވަނީ އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ