ބިހުރޯޒް މިސްކިތުގައި ނުރައްކާ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައި ނުވޭ: އެމްއެންޑީއެފް

ބިހުރޯޒް މިސްކިތުގައި ނުރައްކާ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައި ނުވޭ: އެމްއެންޑީއެފް

Author
މުޙައްމަދު ޝަޒައިމް
11 މެއި 2021 12:22
0

ބިހުރޯޒް މިސްކިތް ބަލައި ފާސްކުރުމުގައި ނުރައްކާ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ބިހުރޯޒް މިސްކިތް ތެރޭގައި ގޮތްނޭނގޭ އެއްޗެއް އޮތްކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން ދިވެހި ފުލުހުން ގުޅިގެން އެތަން އެމްއެންޑީއެފުން ބަލައި ފާސްކޮށް ކްލިއަރކޮށްފައިވާ ކަމަށެވެ. އަދި މި ބަލައި ފާސްކުރުމުގައި އެތަނުން ނުރައްކާ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައި ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ބިހުރޯޒް މިސްކިތް ތެރޭގައި ގޮތްނޭނގޭ އެއްޗެއް އޮތްކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން ދިވެހި ފުލުހުންނާއި ގުޅިގެން އެތަން އެމްއެންޑީއެފުން ބަލައި ފާސްކޮށްފައިވާއިރު މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ޓެރަރިސްޓް ހަމަލާގައި ލިބުނު ޒަޚަމްތަކަށް އެމަނިކުފާނަށް އޭޑީކޭގައި އަންނަނީ ފަރުވާ ދެމުންނެވެ. އަދި މިހަމަލާގައި ބޮން ގޮއްވާލިކަމަށް ބެލެވޭ މީހާއާއި މިހަމަލާ ދިނުމުގައި ސީދާގޮތުން ބައިވެރިވިކަމަށް ބެލެވޭ އިތުރު 2މީހަކުވަނީ ހައްޔަރުކޮށްފައެވެ.

ހުކުރު ވިލޭރޭ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅިގެން މާލޭގެ ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ. މިހާރު ހަތިޔާރާއިއެކު ބައެއް ސަރަހައްދުތަކުގައި ސިފައިން އަންނަނީ ފޯރިމަރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

Tiranfohteh
Hiyg