ރާއްޖޭގައި މިހާރު އޮތް ކޯވިޑްގެ ނުރައްކާތެި ހާލަތުން އަރައިގަނެ ރާއްޖެއަށް ފާގަތި ދުވަސްތަކެއް ހޯދުމަށް އެންމެ ފުރަތަމަ ލޮކްޑައުން ކުރަން ޖެހިފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19ގެ ހާލަތު ގޯސްވެ ރާއްޖޭގައި މިހާރު ދައުރުވަމުންދާ ވޭރިއަންޓަކީ އިންޑިޔާއިން ފެނިފައިވާ ނުރައްކާތެރި ވޭރިއަންޓްކަމަށް ޞިއްޚީ ބޭފުޅުން ލަފާކުރާއިރު، މިކަމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ޞިއްޚީ ދާއިރާގެ ބޭފުޅުން ވަނީ ސަރުކާރަށް ލަފާ ދީފައެވެ. އެގޮތުން މާލެ ސަރަހައްދުގެ މިހާރުގެ ހާލަތު ހުރިގޮތުން ބަލީގައި ފަރުވާދޭންޖެހޭ މީހުން ގިނަވެ އެކަށީގެންވާ ފަރުވާނުދެވިދާނެ ކަމުގެ ބިރުބޮޑުވެ މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށް ވަނީ ލަފާ ދެއްވާފައެވެ.
ނަމަވެސް ސަރުކާރުން މިކަމުގައި އަދި ވަކި ގޮތެއް ނިންމާފައި ނުވެއެވެ. މިކަމާއި ގުޅިގެން ސައީދު ވިދާޅުވީ ޞިއްޚީ ބޭފުޅުން ލަފާ ދެއްވާފައިވަނީ ރީތި ދުވަހަށް ނުވަތަ ރީތި ތާރީހަކަށް ބަލައި ލޮކްޑައުން ކުރާކަމަށް ނޫންކަމަށެވެ. އެބޭފުޅުންގެ އިރުޝާދާއި ލަފާ ދެއްވާނީ ހާލަތަށް ބަލައި އަޅަންޖެހޭ ފިޔަވަޅު ވީހާވެސް އަވަހަށް އެޅުމަށް ކަމަށާއި، ނަމަވެސް ސަރުކާރަށް އެކަން ކުރަން ފަސްޖެހޭކަމަށް ސައީދު ވިދާޅުވިއެވެ. ފެނިގެންދަނީ ވަކި ބަޔަކަށް އަޅުވެތިވެ އެއަޅުވެތިކަމުން އަރައި ނުގަނެވިފައިވާ މަންޒަރުކަމަށް ސައީދު ވިދާޅުވިއެވެ.
ރާއްޖެއިން ތަފާތު ވޭރިއަންޓެއް ފެނިފައިވާކަން ހެލްތު އޮފިޝަލުން ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވަނީ އީދު ދުވަހުން ފެށިގެން ތާރީހު ގުނާކަށް ނޫން. އެޗްޕީއޭއިން ފްލައިޓުތައް ނުހުއްޓުވީ ރުހުން ނުލިބުމުން. އެންމެ ފުރަތަމަ ލޮކްޑައުން ވާންނީ އަޅުވެތިކަން.
– ސައީދު ވިދާޅުވިއެވެ.
މާލެ ފުރަބަންދު ކުރުމާއި ގުޅޭގޮތުން އެންމެ ފަހުގެ ނިންމުން މިރޭ ނޫނީ މާދަމާ އެެޗްޕީއޭއިން އިއުލާނު ކުރާނެ ކަަމަށް ބެލެވެއެވެެ. އެނގިފައިވާގޮތުން އެންމެ ލަސްވެގެން އީދު ދުވަހަށް މާލެ ސަރަހައްދު ފުރަބަންދު ކުރާނެ އެވެ. މާލެ ސަރަހައްދު ފުރަބަންދު ކުރަން ނިންމާފައިވާއިރު، މިހާރު މާލެ ސަރަހައްދުގައި ކޮވިޑަށް ފައްސިވާ އަދަދުތައްވެސް އުޅެނީ ރެކޯޑް އަދަދަކަށް މަތީގައެވެ.
އެގޮތުން މިހާރު މާލެ ސަަރަހައްދުން ކޮންމެ ދުވަހަކު 500 އަށްވުރެ ގިނަ މީހުން ކޯވިޑަށް. މިއާއެކު މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ އެނދުތަކުގެ %80 ފުރިފައިވާއިރު، ދަރުވަމަންތަ ހޮސްޕިޓަލްގެ އައިސީޔޫ އެނދުތައް %90 އޮތީ ފުރިފައެވެ.
ކޮމެންޓު ފޮނުވާ