ކޯވީޑް-19ގައި އިތުރު މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ޢުމުރުން 75 އަހަރުގެ ދިވެހި އަންހެނެކެވެ.
އެޗްޕީއޭއިން ބުނީ ނިޔާވެފައިވަނީ އައިޖީއެމްއެޗް އެމެޖެންސީ ރޫމަށް ރޭ ފަތިހު 04:00ހާއިރު ގެންދިޔަ މީހެއްކަމަށާއި، އެއީ ކޯވިޑް މަރެއްކަމަށް ކަނޑައަޅާފައިވާކަމަށެވެ. މިއީ މިބަލީގައި ރާއްޖޭގައި ނިޔާވި85 ވަނަ މީހާއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އެންމެ ގިނަބަޔަކު މަރުވެފައިވަނީ މިމަހުގެ6ވަނަ ދުވަހުކަމަށެވެ. އެދުވަހު އެކަނިވެސް6 މީހަކު ނިޔާވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި އެ48 ގަޑިއިރުގެ ތެރޭގައި9 މީހަކު ނިޔާވެފައިވެއެވެ.
އެޗްޕީއޭއިން ބުނީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ ނިމިދިޔަ ހަފްތާގައިކަމަށެވެ. ރާއްޖޭގައި ކޯވިޑް ޖެހިގެން ރެކޯޑް ޢަދަދަކަށް މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ. އެގޮތުން9،000އަށް ވުރެ ގިނަ މީހުންނަށް މިވަގުތުވެސް ފަރުވާފެމުން އެބައާދެއެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 250 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.
ފާއިތުވި 24 ގަޑިއިރުގެތެރޭގައިވެސް 1،091 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.
ކޮމެންޓު ފޮނުވާ